Advertisement
ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 08:55
މާލޭގައި ދިރިއުޅޭ މީހުން ކުރިން ދަތުރު ގޮސްއުޅުނު ކުޑަ ބަނޑޮސް
މާލޭގައި ދިރިއުޅޭ މީހުން ކުރިން ދަތުރު ގޮސްއުޅުނު ކުޑަ ބަނޑޮސް
މުހައްމަދު ޝަރުހާން
ރައީސް ސޯލިހު
މާލެ ކައިރިން ދަތުރު ދާނެ ރަށެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ: ރައީސް ސޯލިހު 
ދަތުރު ދާނެ ރަށެއް ހަމަޖެއްސުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ވައުދެއް

މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދާން މާލެ ކައިރިން ރަށެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީޙުގެ ގަލޮޅު ދެކުނު ދާއިރާއަށް މިފަހަރު ވެސް ވާދަކުރައްވާ އީވާ އަބްދުﷲ ގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމަ ދުވަހުގެ ރޭ ރައީސް ސޯލިހު ވިދާޅުވީ، މާލެ ކައިރިން ޕިކްނިކް ދާނެ ރަށެއް ހަމަޖައްސައި ދިނުމަކީ ގިނަ ބަޔަކު އެދިފައިވާ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް މާލެ ކައިރިން ދަތުރުދާނެ ރަށެއް ހަމަޖެހިގެން ދާނެ ކަމަށެވެ. 

އެހެން ނަމަވެސް އެއީ ކޮންރަށެއް ކަމަށް ރައީސް ވިދާޅެއް ނުވެއެވެ. 

މާލޭ ސަރަހައްދުގައި މީގެ ކުރިން ޕިކްނިކް ދާން އޮންނަނީ ކުޑަ ބަނޑޮހާއި ފޭދޫ ފިނޮޅެވެ. އެ ރަށްތައް ވެސް ވަނީ ރިސޯޓްތައް ހަދަން ނަގާފައެވެ. މާލެ ސިޓީގެ ރައްޔިތުން ހަފްތާ ބަންދުގައި އާއިލާ އާއި އެކު ދަތުރު ދިޔުމަށް މާލެއާ ކައިރިން ރަށެއް ހާއްސަކުރެވުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައު ހިމެނޭ ވައުދެކެވެ. 

ޕިކްނިކް ދާނެ ސަރަހައްދެއް ނެތް ރަށްރަށުގެ ރައްޔިތުން ޕިކްނިކް ދިޔުމަށް ސަރަހައްދެއް ނުވަތަ ރަށެއް ކަނޑައެޅުމަކީވެސް ރައީސް ސޯލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް