Advertisement
ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 00:36
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީ
ރައްޔިތުންގެ މަޖިލިސް 2019
ކޮންމެ ކޮންމެ މީހަކަށް ތާއީދު ކުރާކަށް ފުރުސަތެއް ނެތް: ނަޝީދު
އެމްޑީޕީގެ ކާމިޔާބީއަކީ ނަޒާހަތްތެރި މެމްބަރުން ތިބުން ކަމަށް ވިދާޅުވި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކޮންމެ, ކޮންމެ މީހަކަށް ތާއީދު ކުރަން ފުރުސަތު ނެތް ކަމަށް ކުރީގެ ރައީސް އަދި އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޖަލްސާގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އުސޫލުތަކާއި ހަމަތަކެއް ހިފަހައްޓާ ޕާޓީއެއްކަން އެންމެނަށް ވެސް ދައްކައިދޭން ޖެހޭ ކަމަށެވެ.

ކޮންމެ ކަމަކީ ކާމިޔާބީއެއް ނޫން ކަމަށާއި ނާކާމިޔާބުވާ ފަހަރު ވެސް އަންނާނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ ނާކާމިޔާބަށް ދާން ޖެހޭ ދަނޑިވަޅުގައި ގޮތެއްގައި ހިފެހެއްޓުން މާ މުހިއްމު ކަމަށެވެ.

"ގެއްލިދާނެ، ބަލިވެދާނެ، ވެއްޓިދާނެ. ތިމަންނާގެ އުސޫލު، ތިމަންނާގެ ގޮތް، ތިމަންނާގެ ހަމަ އެބަ ހިފަހައްޓުން މާ މުހިއްމު" ނަޝީދު ވިދަޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކާމިޔާބަކީ ދެމެހެއްޓެނިވި ދުވަސްވާނެ ކާމިޔާބަކަށް ވެގެންދާނީ ނަޒާހާތްތެރި މެންބަރުންތަކެއް އަދި ނަޒާހާތްތެރި ކަމަށް ވަކާލާތު ކުރާ ރައްޔިތުންތަކެއް ތިބުމުން ކަމަށެވެ. މެންބަރު ނަޒާހާތްތެރިވެގެން ފުއްދާލެވެން ނެތް ކަމަށާއި ރައްޔިތުން ބޭނުންވާ މެންބަރެއްގެ ސިފަ އެ ބޭފުޅެއްގެ ގައިގައި ހުންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ ސިފަ ބަބުޅާ ދައްކައި ދޭ މެންބަރުން ތިބެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް