ކ. މާލެ
|
18 މާރޗް 2019 | ހޯމަ 22:52
މޮއުނީ ރޯއީ
މޮއުނީ ރޯއީ
އިންޑިއާ ޓައިމްސް
ބޮލީވުޑް
ބްރަމާސްތްރާގައި ވިލަންގެ ރޯލުން މޮއުނީ ރޯއީ
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 20 ގައި

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ލީޑް ރޯލު ކުޅޭ ފިލްމް "ބްރަމާސްތްރާ" ގައި ވިލަންގެ ރީލޯން ފެނިގެންދާނީ މޮއުނީ ރޯއީ ކަމަށް އޭނާ ބުނެފިއެވެ.

 މޮއުނީ ބުނެފައި ވަނީ އެފުރުސަތު ލިބުން ވެގެން ދިޔައީ އޭނާއަށް ލިބުނު ވަރަށް ބޮޑު ސަޕްރައިޒަކަށް ކަމަށެވެ.

އަކްޝޭ ކުމާރައި އެކު "ގޯލްޑް" އިން ބޮލީވުޑަށް ތަޢާރަފް ވެގެން ގޮސްފައިވާ މޮއުނީ ބުނެފައިވަނީ އޭނާ އެފިލްމްގައި އަދާކުރަނީ މެއިން ވިލަން ގެ ރޯލް ކަމަށެވެ.

މޮނީ ބުނެފައިވަނީ ފިލްމްގެ ޑައިރެކްޓަރ އަޔާން މުކަރްޖީއަށް އޭނާ ކުޅެފައިވާ ޑްރާމް ސީރިއަލް "ނާގިން" ގައި އަދާކޮށްފައިވާ ވިލަންގެ ރޯލް ފެނިފައިވާ ކަމަށާއި މޮއުނީއަށް އެރޯލް ކުޅެވޭނެ ކަމަށް އޭނާއަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެކްޓަރެއްވިއްޔާ ތަފާތު ރޯލުތައް ތަޖުރިބާ ކުރަން ޖެހޭނެ ކަމަށާއި ނޫން ނަމަ އެއްޗިހި ދަސްވެ ކުރި ނާރާނެ ކަމަށް މޮއުނީ ވަނީ ބުނެފައެވެ.

"ބްރަމާސްތްރާ" ގައި ބޮލީވުޑް މެގަ ސްޓާރ އަމީތާބް ބަޗަން ވެސް ފެނިގެންދާނެއެވެ. ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

މޮއުނީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޖޯން އަބަރަހަމް އާއި އެކު "ރޯމިއޯ އަކްބަރު ވޯލްޓަރ" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް