ކ. މާލެ
|
18 މާރޗް 2019 | ހޯމަ 21:58
ތުހުމަތު ކުރެވޭ ތުރުކީގެ  37 އަހަރުގެ ގޯކްމެން ތާނިސް
ތުހުމަތު ކުރެވޭ ތުރުކީގެ 37 އަހަރުގެ ގޯކްމެން ތާނިސް
މުހައްމަދު ޝަރުހާން
ނެދަލޭންޑް
ޔުޓްރެކްޓުގެ ބަޑީގެ ހަމަލާ: ފުލުހުން ހޯދަމުން ދަނީ ތުރުކީގެ މީހެއް
ސްކޫލްތައް ބަންދުކޮށް ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައި

ނެދަލޭންޑްގެ ޔުޓްރެކްޓުގައި ހޯމަ ދުވަހު  ބަޑިން ހަމަލާދީ މަރުވި މީހުންގެ އަދަދު ދޭކަށް އަރާފައިވާއިރު ހަމަލާދިނުމުގައި ތުހުމަތު ކުރެވެނީ ތުރުކީ މީހަކަށް ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

އެހަމަލާގައި ދެ މީހަކު މަރުވެ ނުވަ މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ ހަމަލާގައި ތުހުމަތު ކުރެވޭ 37 އަހަރުގެ ގޯކްމެން ތާނިސް ކިޔާ ތުރުކީ މީހަކު ފުލުހުން ހޯދަމުން ދާއިރު އެމީހާއާއި ކުރިމަތި ނުލުމަށް ނެދަލޭންޑްގެ ފުލުހުން ވަނީ އެދިފައެވެ. 

ނެދަލޭންޑްގެ ޔުޓްރެކްޓު ރެއިލްވޭގައި ދުއްވާ ކުޑަ ރޭލުގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ވިއުގައެއް ކައިރީ ދިން ހަމަލާއާއި ގުޅިގެން އެ ސިޓީގެ ސްކޫލްތައް ބަންދުކޮށް ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައެވެ. 

ޔުޓްރެކްޓުގެ ފުލުހުން ބުނެފައި ވަނީ އެ ހަމަލާ ދީފައި ވަނީ ހޯމަ ދުވަހު އެ ގައުމުގެ ގަޑިން ހެނދުނު 10:45 ހާކަށް ހާއިރު ކަމަށާއި ބަޑި ޖެހި މީހާ ފިލާފައިވާ ކަމަށެވެ.

މިހަމަލާއާއި ގުޅިގެން ނެދަލޭންޑްގެ ބޮޑުވަޒީރު މާކް ރޫޓޭ ވިދާޅުވީ އެގައުމުގެ ފުލުހުންނާއި ޕްރޮސެކިއުޓަރުން ގުޅިގެން ވީ ގޮތް ބަލަމުންދާ ކަމަށެވެ. އަދި އެހަމަލާ ދީފައިވަނީ ޔުޓްރެކްޓުގެ ރެއިލްވޭގައި ދުއްވާ ކުޑަ ރޭލުގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ވިއުގައެއް ކައިރީ އިށީންދެގެން ތިއްބާ ކަމަށް ވިދާޅުވިއެވެ. 

ޔުޓްރެކްޓު އަކީ ނެދަލޭންޑުގެ ހަތަރުވަނައަށް އެންމެ ބޮޑު ސިޓީއެވެ. އެ ސިޓީގެ އާބާދީ 340،000 އަށް އަރައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް