ކ. މާލެ
|
18 މާރޗް 2019 | ހޯމަ 16:47
ޑޮމިނިކް ޓޭމް
ޑޮމިނިކް ޓޭމް
ގޫގުލް
އިންޑިއަން ވެލްސް
ރޯޖަރ ފެޑެރާ ބަލިކޮށް، ޑޮމިނިކް ޓޭމް އިންޑިއަން ވެލްސް ކާމިޔާބުކޮށްފި
ޑޮމިނިކް ޓޭމް މެޗު ކާމިޔާބުކުރީ ފަހަތުން އަރައި ދެ ސެޓު ކާމިޔާބުކޮށްގެން

އިންޑިއަން ވެލްސް ފައިނަލުގައި ރޯޖަރ ފެޑެރާގެ މައްޗަށް ކުރިހޯދައި ޑޮމިނިކް ޓޭމް މުބާރާތް ކާމިޔާބުކޮށްފިއެވެ. 

ޑޮމިނިކް މެޗު ކާމިޔާބުކުރީ ތިންސެޓު ދެސެޓުން ފެޑެރާގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

މެޗުގެ ފުރަތަމަ ސެޓު ރޯޖަރ ފެޑެރާ 3-6 ކާމިޔާބު ކުރިއިރު ފަހަތުން އަރައި ފަހު ދެ ސެޓު 3-6 އަދި 5-7 ކާމިޔާބުކުރީ ޑޮމިނިކް ޓޭމްއެވެ. 

ފުރަތަމަ ސެޓުގައި ފެޑެރާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނުނު ނަމަވެސް ފަހު ދެ ސެޓުގައި ޑޮމިނިކްގެ ކުޅުން ރަނގަޅުކޮށް ވަރުގަދަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. 

20 ފަހަރަށް ގްރޭންޑް ސްލޭމް ހާސިލްކޮށްފައިވާ ފެޑެރާ ބަލިކޮށް އިންޑިއަން ވެލްސް ކާމިޔާބުކުރި އޮސްޓިރިއާގެ ޑޮމިނިކް އިންޑިއަން ވެލްސް ކާމިޔާބުކުރި މިއީ ފުރަަތަމަ ފަހަރެވެ. 

މި މޮޅާއެކު ދުނިޔޭގެ ރޭންކިންގެ ހަތަރުވަނަ ޑޮމިނިކްއަށް ލިބޭނެއެވެ. އިންޑިއަން ވެލްސް ފެށުމުގެ ހަފްތާއެއް ކުރިން އޭޓީޕީގެ 100 ވަނަ މޮޅު ހޯދި ފެޑެރާ މި ނަތީޖާއާއި އެކު ދުނިޔޭގެ ރޭންކިންގެ ފަސްވަނައަށް ވެއްޓޭނެއެވެ. 

މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޑޮމިނިކް ބުނީ އޭނާ މުބާރާތުގެ ވޭތުވެދިޔައި މެޗުތަކުގައި ހުރީ އެންމެ ރަނގަޅު ފޯރމުގައި ނޫން ކަމަށެވެ. އެހެން ނަމަވެސް މުބާރާޓުގައި ހޭދަވި 10 ދުވަހަކީ ގަބޫލް ކުރަން ދަތި ދުވަސްތަކެއް ކަމަށެވެ. އަދި މުބާރާތުގެ ޗެމްޕިއަންކަން ލިބުމުން އުފާ ކުރާކަމަށެވެ. 

އިންޑިއަން ވެލްސް ފިރިހެންބައިގެ ޗެމްޕިއަންކަން ޑޮމިނިކް ޓޭމް ހޯދި އިރު އަންހެންބައިގެ ޗެމްޕިއަންކަން އޭންޖެލިކް ކާރބާ ބަލިކޮށް ބިއަންކާ އެންޑްރެސޫ ވަނީ ހޯދާފައެވެ. 

ބިއަންކާ މެޗު ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުން އޭންޖެލިކް ބަލިކޮށްގެންނެވެ. 

މެޗުގެ ފުރަތަމަ ސެޓު 4-6 ގެ ނަތީޖާއަކުން ބިއަންކާ ގެންދިޔައިރު ދެވަނަ ސެޓު އޭންޖެލިކް ކާމިޔާބުކުރީ 3-6 ގެ ނަތީޖާއަކުންނެވެ. އެހެން ނަމަވެސް ދެ ވަނަ ސެޓުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ބިއަންކާ ތިންވަނަ ސެޓު 4-6 ކާމިޔާބުކޮށް މެޗު ކާމިޔާބުކުރިއެވެ. 

މި މޮޅާއެކު ދުނިޔޭގެ ރޭންކިންގެ 178 ވަނައިގައި އޮތް ބިއަންކާ އެންޑްރެސޫ ހޯމަދުވަހު ރޭންކިންގެ 24 ވަނައަށް ޖެހިލާނެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް