Advertisement
ކ. މާލެ
|
18 މާރޗް 2019 | ހޯމަ 15:55
ލީގަލް ކައުންސެލްގެ މަގާމަށް އައްޔަން ކުރެއްވި އައިޝަތު ލީޝާ
ލީގަލް ކައުންސެލްގެ މަގާމަށް އައްޔަން ކުރެއްވި އައިޝަތު ލީޝާ
ރާއްޖެ އެމްވީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީގެ ލީގަލް ކައުންސެލްގެ މަގާމަށް ލީޝާ
އެއީ ޑެޕިއުޓީ މިނިސްޓަރު ފެންވަރު މަގާމެއް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަނބިކަނބަލުން އައިޝަތު ލީޝާއަށް ފޮރިން މިނިސްޓްރީން ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމެއް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ލީޝާއަށް ފޮރިން މިނިސްޓްރީގެ ލީގަލް ކައުންސެލްގެ މަގާމު ދެއްވާފައެވެ. އެނގިފައިވާ ގޮތުގައި އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ލީޝާ ވަނީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަ ކުރައްވައިފައެވެ. ނަމަވެސް އޭނާގެ މައްޗަށް 51 ވޯޓުގެ ތަފާތުން ކުރި ހޯއްދެވީ އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ނަޝީދެވެ.

ޑެޕިއުޓީ މިނިސްޓަރު ފެންވަރު މަގާމަކަށް ލީޝާ އައްޔަން ކުރެއްވިއިރު، އެ ފެންވަރުގެ މަގާމު ދެއްވާފައިވާ 64 ބޭފުޅަކު ސަރުކާރުގައި އެބަ ތިއްބެވެ. ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމުގައި އައްޔަން ކުރައްވާ ބޭފުޅުންގެ މުސާރައާ އެލަވަންސްތައް އެއްކޮށްލުމުން 35،500 ރުފިޔާ ލިބިލައްވާނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް