ކ. މާލެ
|
18 މާރޗް 2019 | ހޯމަ 11:56
ރެއާލްއަށް ކުޅެމުން އަންނަ ނެޗޯ
ރެއާލްއަށް ކުޅެމުން އަންނަ ނެޗޯ
ޓްވިޓަރ
ނެޗޯ ރެއާލް ދޫކޮށްލަފާނެ
މި ސީޒަނަށް ފަހު ނެޗޯ ރެއާލް ދޫކޮށްލަފާނެ
ރެއާލްއާއެކު ނެޗޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ގައި

މި ސީޒަނަށް ފަހު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރ ނެޗޯ އެ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ނޫސްތަކުން ބުނީ ނެޗޯ ދޫކޮށްލުމަށްފަހު، އާ ޑިފެންޑަރެއް ގެންނަން ރެއާލުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ނަމަވެސް އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ނެޗޯ ހޯދުމަށް ގިނަ ކްލަބްތަކުން ޝައުގުވެރިވެއެވެ. އޭގެ ތެރޭގައި އިޓަލީ އަދި ޕްރިމިއާ ލީގުގެ ކްލަބްތައްވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރެއާލުން ކެރިޔަރު ފެށި އުމުރުން 29 އަހަރުގެ ނެޗޯ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ.

ނެޗޯ ވަނީ ރެއާލްއަށް މިހާތަނަށް ކުޅުނު 184 މެޗުގައި ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ރެއާލްގެ ޒުވާން ޓީމަށްވެސް ކުޅެ ކާމިޔާބީތަކެއް ހޯދާފައެވެ.

ރެއާލްއާއެކު ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ނެޗޯ ވަނީ އެ ކްލަބާއެކު ސްޕެނިޝް ލަލީގާ، ކޮޕާޑެލްރޭ، ސްޕެނިޝް ސުޕާ ކަޕް ދެފަހަރު، ޔުއެފާ ސުޕާ ކަޕް ދެފަހަރު އަދި ފީފާ ކްލަބް ވޯލްޑްކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

ސްޕެއިންގެ 17 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފައިވާ ނެޗޯ ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމާއެކުވެސް ޔޫރޯ ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ މިހާތަނަށް ސްޕެއިން އަށް ކުޅުނު 22 މެޗުގައި އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް