Advertisement
ކ. މާލެ
|
18 މާރޗް 2019 | ހޯމަ 14:47
ހުޅުމާލޭ ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދު
ހުޅުމާލޭ ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދު
ރާއްޖެ އެމްވީ
އިންޑިއާ އެމްބަސީ
ހުޅުމާލޭގައި އިންޑިއާގެ އެމްބަސީއެއްް ހުޅުވަނީ
އެމްބަސީ އަޅަން ބިންދޭން ނިންމާފައިވަނީ ހުޅުމާލޭ ފޭސް ދޭކުން

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ އެޅުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ހުޅުމާލެ އިން ބިމެއް ދޭން ނިންމައިފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ސުޝްމާ ސުވަރާޖް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ހާރިޖިއްޔާ އިން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި، އިންޑިއާގެ އެމްބަސީ އަޅަން ހުޅުމާލެ އިން ބިމެއް ދިނުމުން އިންޑިޔާ ސަރުކާރުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާ އެމްބަސީ އަޅަން ސަރުކާރުން ބިމެއް ދޭން ނިންމާފައި ވަނީ ހުޅުމާލޭ ފޭސް ދޭކުންނެވެ.

އިންޑިއާ އެމްބަސީ އެޅުމަށް ސަރުކާރުން ބިމެއް ދޭން ނިންމާފައިވާ އިރު، މިހާރު މާލޭގައި ހުރި އިންޑިއާގެ އެމްބަސީއަކީ އިންޑިއާ އިން ކުއްޔަށް ނަގައިގެން އުޅޭ ބިމެއްގައި ހަދާފައި ހުރި އިމާރާތަކެވެ. މީގެ ކުރިން ރައީސް ނަޝީދު ސަރުކާރުގައި އިންޑިއާގެ އެމްބަސީއެއް އެޅުމަށް މާލެއިން ބިމެއް ދީފައި އޮތް ނަމަވެސް އަދި މިހާތަނަށް އައި އިރު އެ ތަނުގައި އެއްވެސް އިމާރާތެއް އެޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ނަޝީދު ސަރުކާރުގައި އެމްބަސީ އެޅުމަށް ދީފައި ވަނީ ސޯސަން މަގުގައި ނާސަރީ ހިންގި ބިމެވެ. އެ ތަނުގައި އެމްބަސީގެ ބޯޑެއް ވެސް ހުއްޓެވެ. 

ރާއްޖެއަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި ރާއްޖެއާ އެކު އިންޑިއާ އިން ވަނީ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފަ ވެއެވެ.

  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް