ކ. މާލެ
|
18 މާރޗް 2019 | ހޯމަ 11:54
މުހައްމަދު ސަލާހް
މުހައްމަދު ސަލާހް
ގެޓީ އިމޭޖަސް
މުހައްމަދު ސަލާހް
ސަލާހް ހޯދުމަށް ރެއާލުން 150 މިލިއަން ޔޫރޯ ހުށަހަޅަނީ
ސަލާހްއަކީ ރެއާލްގެ ކޯޗު ޒިދާން ވަރަށް ގަޔާވާ ކުޅުންތެރިއެއް

ލިވަޕޫލް އަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ހޯދުމަށް ރެއާލް މެޑްރިޑުން 150 މިލިއަން ޔޫރޯ ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ނޫސްތަކުން ބުނީ ރެއާލް އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް ހޯދުމަށް ކަމަށާއި، ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވެއްޖެ ނަމަ ސަލާހު ހޯދުމަށް ރެއާލުން މަސައްކަތް ކުރާނެ ކަމަށެވެ.

ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން 2017 ވަނަ އަހަރުގެ ފަހުކޮޅު ދިން އިންޓަވިއުއެއްގައި ބުނީ ސަލާހްއަކީ މޮޅު ކުޅުންތެރިއެއްކަން އޭނާ މިހާތަނަށް ކުޅުނު ހުރިހާ ޓީމެއްގައި ވެސް ދައްކާފައިވާ ކަމަށާއި، އޭނާއަކީ އަދިވެސް ކުޅުން ރަނގަޅު ކުރުމަށް ވަގުތު އޮތް ކުޅުންތެރިޔެއް ކަމަށެވެ. ޒިދާން މިގޮތަށް ވާހަކަ ދެއްކުމާއެކު އޭރު މީޑިއާތަކުން ވަނީ ރެއާލްއަށް ސަލާހް ބަދަލުވާން އުޅޭ ކަމުގެ ރިޕޯޓުތައް ކޮށްފައެވެ.

މީގެކުރިން ޗެލްސީ އަދި ރޯމާއަށްވެސް ކުޅެފައިވާ ސަލާހު ލިވަޕޫލަށް ބަދަލުވީ 2017 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މިހާތަނަށް ވަނީ ކުޅުނު 91 މެޗުގައި 64 ލަނޑު ކާމިޔާބުކޮށްފައެވެ.

ލިވަޕޫލްއާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެފައިވާ ސަލާހް ވަނީ ބަސެލްއާއެކު ސްވިސް ސުޕާ ލީގް ދެފަހަރު އަދި ސްވިސް ކަޕްގެ ދެވަނަ އެއްފަހަރު ހޯދާފައެވެ.

މިސްރު ގައުމީ ޓީމާއެކު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ދެވަނަ 2017 ވަނަ އަހަރު ހޯދާފައިވާ ސަލާހް ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 62 މެޗުގައި 39 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް