Advertisement
ކ. މާލެ
|
18 މާރޗް 2019 | ހޯމަ 07:59
ބަނގުރާ ފުޅިތަކެއް
ބަނގުރާ ފުޅިތަކެއް
ޓްވިޓަރ
ބަނގުރާ ބުއިމުގެ ކުށް
ބަނގުރާ އުފައްދަން ތިބި ބަޔަކު ހައްޔަރުކޮށްފި
މި މައްސަލާގައި މުޅިން ވެސް ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުން

މާލޭގައި ބަނގުރާ އުފައްދަން ތިބި އަށް ބިދޭސީއަކު ހޯމަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މީހުން ހައްޔަރުކޮށްފައި ވަނީ މައްޗަންގޯޅި ގެއެއްގެ ތެރޭގައި ދިރިއުޅޭ ބަޔަކު ބަނގުރާ އުފައްދައި ބަނގުރަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަންގައި އެ ގެ ބަލާފާސްކޮށް ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ 888 ޕްލާސްޓިކް ފުޅި އާއި ފަސް ލީޓަރުގެ ހަ ޕްލާސްޓިކް ފުޅި އާއި 14 ޓައްޕު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި މުޅިން ވެސް ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އެއީ 21 އަހަރާއި 33 އަހަރާ ދެމެދުގެ ފިރިހެނުންނެވެ.

މީގެ އިތުރުން ވެސް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ  މަސްތުވާތަކެއްޗާ އެކު ތިން ބިދޭސީއަކު ހައްޔަރުކޮށްފައި ވާއިރު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނުން ހިނގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން އެރަށުގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާ އެކު 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް