Advertisement
ކ. މާލެ
|
18 މާރޗް 2019 | ހޯމަ 00:41
ހ. ބުރެވިމާގޭ މުހައްމަދު ޒާހިރު
ހ. ބުރެވިމާގޭ މުހައްމަދު ޒާހިރު
ރައީސް އޮފީސް
ރައީސް އޮފީސް
ބުރެވިމާގޭ ޒާހިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި
ޖަނާޒާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި

ހޮނިހިރު ދުވަހު އަވަހާރަވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ހ. ބުރެވިމާގޭ މުހައްމަދު ޒާހިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުން، އެމަނިކުފާނު ފަސްދާނުލީ އިއްޒަތްތެރިން ފަސްދާނުލާ ގަލޮޅު ސަހަރާގައި އާދީއްތަ ދުވަހުގެ ރޭގައެވެ. އެމަނިކުފާނުގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ އެހެން ބައެއް އިއްޒަތްތެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މެދުނުކެނޑި 63 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރުގެ ޚިދުމަތުގައި ހޭދަކުރެއްވި ބުރެވިމާގޭ މުހައްމަދު ޒާހިރު އުމުރުފުޅުން 92 އަހަރުގައި އަވަހާރަވިއިރު، އަނބިކަނބަލަކާއި ހަތަރު ފިރިހެން ބޭފުޅުންނާއި ތިން އަންހެން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

އެންމެ މަތި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ބުރެވިމާގޭ ޒާހިރަށް އެރުވީ، 2011 ވަނަ އަހަރުގެ މިނިވަން ދުވަހު އޭރުގެ ރައީސް ނަޝީދެވެ. ބުރެވިމާގޭ ޒާހިރަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި، ފާދިއްޕޮޅު މެންބަރުކަމާއި، ކޮޅުމަޑުލު މެންބަރުކަން ވެސް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް