ކ. މާލެ
|
17 މާރޗް 2019 | އާދީއްތަ 20:20
ހޭންޑްބޯލް ރެފްރީ ކޯހުގެ ތެރެއިން
ހޭންޑްބޯލް ރެފްރީ ކޯހުގެ ތެރެއިން
ހޭންޑްބޯލް އެސޯސިއޭޝަން
ހޭންޑްބޯލް އެސޯސިއޭޝަން
ހަތަރު ވަނަ ޖޫނިއާ ހޭންޑްބޯލް ރެފްރީ ކޯސް ފަށައިފި
ޖުނިއާ ހޭންޑްބޯލް ރެފްރީ ކޯހުގައި 71 ބައިވެރިން ބައިވެރިވި

ހަތަރު ވަނަ ޖޫނިއާ ހޭންޑްބޯލް ރެފްރީކޯސް ހޮނިހިރު ދުވަހު ފަށައިފިއެވެ.

ޖުނިއާ ހޭންޑްބޯލް ރެފްރީ ކޯހުގައި 71 ބައިވެރިން ބައިވެރިވެފައި ވާއިރު މިހާރު ކުރިއަށް ދަނީ ކޯހުގެ ތިއަރީ ކްލާސްތަކެވެ. ޕްރެކްޓިކަލްބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް މަހު ފެށުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ތެރެއިންނެވެ.

މި ކޯހުގެ ކްލާސްތަށް ނަގައި ދެއަވަނީ ހޭންޑްބޯލް އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރ އަދި ޤައުމީ ހޭންޑްބޯލް ޓީމްގެ ކޯޗް އަމްޒަދު ހުސައިންނެވެ. އަމްޒރުގެ އިތުރުން ކޯހުގައި އެހީތެރިވުމަށް ސީނިއާ އޮފިޝަލުންނާއި ރެފްރީން ހަރަކާތް ތެރިވާނެއެވެ.

ހޭންޑްބޯލް ގްރައުންޑުގައި ކުރިއަށް ގެންދާ މި ކޯސް އަތް ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާނެއެވެ.

މިފަދަ ކޯސް ތަކުގެ އަމާޒަކީ ޒުވާން ހޭންޑްބޯލް ރެފްރީން ތަމްރީނު ކުރުމާއި، ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު އަމިއްލަ ފަރާތްތަކުންވެސް މުބާރަތްތަށް ބާއްވަމުން އަންނާތީ އެކަށީގެންވާ ވަރަށް ރެފްރީންނާއި އޮފިޝަލުން ތައްޔާރު ކުރުން ކަމަށް ހޭންޑްބޯލް އެސޯސިއޭޝަނުން ބުނެއެވެ.

ރާއްޖޭގައި ޖޫނިއާ ހޭންޑްބޯލް ކުރިއަށްގެންދާއިރު، ސީނިއާ އަންހެން އަދި ފިރިހެން ޤައުމީ ހޭންޑްބޯލް ޓީމުގެ ކޯޗުން ވަނީ ކޮރިއާގައި "އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން" އިން ކުރިއަށް ގެންދިޔަ ކޯޗިން ކޯހުގައި ބައިވެރިވެ އައިއެޗްއެފް ލެވެލް ބީ ހާސިލްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް