މާރޗް މަހު ސައުދި އަރަބިއާގައި ފަށާ އޭއެފްސީ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގެ ސްކްޓް ފައިނަލްކޮށްފިއެވެ.
ފިލިޕީންސްގައި ޓްރެއިންން ކޭމްޕެއް ފުރުހަމަ ކުރުމަށް ޓީމް މިވަގުތު ފިލިޕީންސްގައި ތިބިއިރު އޭއެފްސީ ކޮލިފައިން ބުރުގައި ވާދަކުރާ ސްކޮޑްގައި ހިމެނިފައިވާ ކުޅުންތެރިންނަކީ، ނިއު ރޭޑިއަންޓު ސްޕޯރޓްސް ކްލަބުގެ އިބްރާހިމް އަތީގް (އިއްބެ)، ޓީސީގެ އައްޒާމް އަބްދުﷲ (އެޑޫ)، އީގަލްސްގެ ހަސަން ރާއިފް (ހަންނަ)، ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން އާއި ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި މުހައްމަދު ސާދު ނިޒާރު، މުހައްމަދު ނިޔާޒު، މުހައްމަދު ސިނާހް، އަލީ ނާޖިހުގެ އިތުރުން ޝައިފްﷲ އިބްރާހިމް، މަޖުދާން ސޯލިހް، އަބްދުﷲ ޔާމީން (ޔާން)، ނަޝާހު އަހްމަދު (ނައްޓު)، އިބްރާހިމް އައިސަމް، އަލީ ހަމްދާން، އަލީ ޝަމާލް އަބްދުﷲ، މުހައްމަދު ފަރުހާން (ފަރުއްކޮ)، ހައިޝަމް ހަސަން، ހަސަން ނަޒީމް (ޗޯޓު)، ހުސައިން ޝަރީފް (ހުސެން) އާއި މުހައްމަދު ޖައިލަމް (އޮގީ)، މުހައްމަދު ޝަހާއު، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަދި އަލީ ހަމްދާން އެވެ.
ސްކޮޑުން ބާކީ ވެފައި ވަނީ އަނިޔާގެ ސަބަބުން ސްކޮޑަށް ނުނެގި އިބްރާހިމް އިސްމާއިލް އާއި ޒަޔާން ނަސީރުގެ އިތުރުން އިސްމާއިލް ހަމްދޫންއެވެ. މި ތިން ކުޅުންތެރިންގެ އިތުރުން ކޭމަޕަށް ހާއްސަ ފުރުސަތެއްގެ ދަށުން ގެންދިޔަ ޒުވާން ކީޕަރު ލަބާން ޝަރީފްއެވެ. ލަބާން ޓްރެއިނިން ކޭމްޕަށް ގެންދިޔައީ މި އަހަރު ކުރިއަށް އޮތް މުބާރާތްތަކާ މެދު ވިސްނުމަށް ފަހު އޭނާ އަށް ފެންވަރު ރަނގަޅު ޓްރެއިނިން އެއް ދިނުމުގެ ބޭނުމުގައި ކަމަށް ކޯޗް ސެގާޓް ވަނީ ބުނެފައެވެ. ހަމަ އެހެންމެ މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ލަބާނައަށް ފުރުސަތު ދިނުމުގެ ވިސްނުން އެބަހުރި ކަމަށްވެސް ކޯޗް ވަނީ ބުނެފަ އެވެ.
ކޮލިފައިންގެ ފުރަތަމަ މެޗުގައި މި މަހު 22 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ސައުދީއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ޔޫއޭއީއާއި ދެކޮޅަށް 23 ވަނަ ދުވަހު ރާއްޖެ ނުކުންނައިރު ފަހު މެޗުގައި މާރޗް 24 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ލެބަނަންއާއި ދެކޮޅަށެވެ.