Advertisement
ކ. މާލެ
|
17 މާރޗް 2019 | އާދީއްތަ 21:43
ޏ.ފުވައްމުލައް މުބާޙްމަންޒިލް، އިބްރާޙިމް ޢަލީ
ޏ.ފުވައްމުލައް މުބާޙްމަންޒިލް، އިބްރާޙިމް ޢަލީ
ޕޮލިސް
ފުލުހުން ބަލާ މައްސަލަ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
ހޯދަމުންދަނީ ޏ.ފުވައްމުލައް މުބާޙްމަންޒިލް، އިބްރާޙިމް ޢަލީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، މި އަމުރާ ގުޅިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް މުބާޙްމަންޒިލް، އިބްރާޙިމް ޢަލީ  (55އ) ކަމަށެވެ.

އިބްރާޙިމް ޢަލީ  ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން މާރިޗް 18 ވަނަ ދުވަހުގެ 10:00ށް ސިވިލްކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ އިބްރާޙިމް ޢަލީ އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް