Advertisement
ކ. މާލެ
|
17 މާރޗް 2019 | އާދީއްތަ 16:03
އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަހުމަދު
އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަހުމަދު
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް 2019
ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
ނަން ނެގީ ލީޑާޝިޕާ މަޝްވަރާކޮށްފައި: އެޖެންޓް

އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓް އަލީ އަހުމަދުގެ ނަން އަނބުރާ ނަންގަވައިފިއެވެ.

ނަން އަނބުރާ ނަންގަވަން ނިންމަވައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަން އަލީ އަހުމަދުގެ އިންތިހާބީ އެޖެންޓް، މުހައްމަދު ޖަވީޒު ވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އެގޮތަށް ނިންމެވީ އެމްޑީޕީގެ ލީޑާޝިޕާއެކު ކުރި މަޝްވަރާތަކަށްފަހުގައި ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް، މަހިބަދޫ ދާއިރާއަށް ވާދަ ނުކުރަން ނިންމުމުން، ދެން އެ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓް ނިންމާނީ ޕާޓީގެ ލީޑާޝިޕުން ކަމަށް ޖަވީޒު ވިދާޅުވިއެވެ.

އަލީ އަހުމަދުގެ ނަން ނެގުމުން، މަހިބަދޫ ދާއިރާއަށް ދެން ވާދަ ކުރައްވާނީ ހަތަރު ކެންޑިޑޭޓުންނެވެ. އެއީ މިހާރު ވެސް އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި އަދާލަތު ޕާޓީގެ ކެންޑިޑޭޓް އަލީ އާޒިމުގެ އިތުރުން އަމިއްލަ ދެ ކެންޑިޑޭޓުންނެވެ.

އަޑުފެތުރިފައިވާ ގޮތުގައި އެމްޑީޕީން އެ ދާއިރާއަށް ދެން ތާއިދު ކުރާނީ އަދާލަތު ޕާޓީގެ ކެންޑިޑޭޓަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
17 މާރޗް 2019 | އާދީއްތަ 12:26
Sai
Salhi ninmumeh.azim akee gaabil bayfulheh.adhives vaguthuthu faaithunuvay. Coalition ah baeh dhaairaa dhookohlumah edhen.