Advertisement
ކ. މާލެ
|
17 މާރޗް 2019 | އާދީއްތަ 14:10
އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ރާއްޖެ ވަޑައިގަތުމުން ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެކަމަނާ އަށް މަރުޚަބާ ދަންނަވަނީ
އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ރާއްޖެ ވަޑައިގަތުމުން ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެކަމަނާ އަށް މަރުޚަބާ ދަންނަވަނީ
ފޮރިން މިނިސްޓްރީ
ސުޝްމާ ސްވަރާޖް
އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ރާއްޖެ ވަޑައިގެންފި
ސުޝްމާ ރާއްޖެ ވަޑައިގެންފައި ވަނީ ދެ ދުވަހަށް

އިންޑިއާގެ ފޮރިން މިނިސްޓަރ ސުޝްމާ ސްވަރާޖް ރާއްޖެވަޑައިގެންފިއެވެ.

ސުޝްމާ އާދީއްތަ ދުވަހު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން އެކަމަނާ އަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. އެކަމަނާގެ ދެ ދުވަހުގެ މި ދަތުރުފުޅަކީ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އެކަމަނާގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްގެ އިތުރުން ޚާރިޖީ ވަޒީރާއި ދައުލަތުގެ އެހެން ބައެއް ވަޒީރުންނާ ބައްދަލުކުރައްވައި، ތަފާތު އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުންތައް ފުޅާ ދާއިރާއެއްގައި ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް އެކަމަނާ ކުރައްވާނެއެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒްއާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސް، މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓަރ އޮފް ހެލްތް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ، އެންޑް ހެރިޓޭޖް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާ އެކު ޖޮއިންޓް ބައްދަލުވުމެއް ބާއްވަވާނެއެވެ. މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އޮފް ހޯމް އެފެއާޒްއާ ވެސް ބައްދަލުކުރައްވާނެއެވެ. 

މި ދަތުރުފުޅުގައި މަޝްވަރާކުރައްވާނީ މިހާރު ކުރިއަށްދާ އަދި ކުރިމަގުގައި ކުރިއަށް ގެންދެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުންނާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެއްބަސްވެވުނު ކަންތައްތައް ހިނގަމުންދާ ގޮތާ ބެހޭގޮތުންނެވެ. އެގޮތުން، ތަރައްޤީގެ މަޝްރޫޢުތަކާއި، ސިއްހީ ދާއިރާ އާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް