Advertisement
ކ. މާލެ
|
17 މާރޗް 2019 | އާދީއްތަ 11:51
އެސްއެމްއީ ބޭޭންކް ހިންގުމުގެ ހުއްދަ، އިކޮނޮމިކް މިނިސްޓަރާ ހަވާލުކުރަނީ
އެސްއެމްއީ ބޭޭންކް ހިންގުމުގެ ހުއްދަ، އިކޮނޮމިކް މިނިސްޓަރާ ހަވާލުކުރަނީ
އެމްއެމްއޭ
އެސްއެމްއީ ބޭންކު
އެސްއެމްއީ ބޭންކް މާދަމާ ހުޅުވަނީ
އެސްއެމްއީ ބޭންކް ހުޅުވުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އެސްއެމްއީ ބޭންކް, މާދަމާ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. 

އިކޮނޮމިކް މިނިސްޓްރީން ބުނީ، މާދަމާ (ހޯމަ ދުވަހު) 9:30 ގައި، އާޓް ގެލަރީގައިި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އެސްއެމްއީ ބޭންކް ހުޅުވިގެންދާނެ ކަމަށެވެ. އަދި އެސްއެމްއީ ބޭންކްގެ ހިދުމަތްތަައް ދޭނީ ހ. ސަކީނާމަންޒިލްގެ 3 ވަނަ ފަންގިފިލާއިން ކަމަށް މިނިސްޓްރީން ބުންޏެވެ. 

އެސްއެމްއީ ބޭންކް ހުޅުވާއިރު، އެސްއެމްއީ ބޭންކު މެދުވެރިކޮށް މި ހަފުތާގެ ތެރޭގައި ލޯނު ދޫކުރެވެން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައި ވިދާޅުވެފައެވެ. އަދި ރަށް ރަށުގެ ތަރައްގީއަށް ކުރަން ޖެހޭ ކަމަކީ އެ ރަށެއްގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދައިދިނުން ކަމަށާއި، އެކަމަށް ފަހިކުރުމުގެ ގޮތުން އެސްއެމްއީ ބޭންކް މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް، ފައިނޭންސިން ބިޒްނަސް ލައިސަންސް، އެމްއެމްއީ އިން ވަނީ މިދިޔަ މަހުގެ ތެރޭގައި ދީފައެވެ. އެމްއެމްއޭ އިން ބުނީ، އެ ކުންފުންޏަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވާއިރު މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކައުންސިލްތަކުގެ ފަސް އިންސައްތަ ހިއްސާ ހިމެނޭ ކަމަށެވެ. 

އެ ކުންފުނިން ވިޔަފާރި ފެށުމުން، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިކޮށްދީ، އަދި މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 މާރޗް 2019 | އާދީއްތަ 16:31
Hussain
MDP mehunah nooni thi bank n faidha e nukuranan Konme sarukaarkun ves thikahala kanthah fadeh ebahingaa