ކ. މާލެ
|
17 މާރޗް 2019 | އާދީއްތަ 10:23
މުޒާހަރާ އިންތިޒާމްކުރި ފަރާތުން ބުނެފައި ވަނީ އެއްވުމުގައި 120،000 އެއްހާ މީީހުން ބައިވެރިވެފައިވާ ކަމަށް
މުޒާހަރާ އިންތިޒާމްކުރި ފަރާތުން ބުނެފައި ވަނީ އެއްވުމުގައި 120،000 އެއްހާ މީީހުން ބައިވެރިވެފައިވާ ކަމަށް
އަލްޖަޒީރާ
ކެޓަލޯނިއާ މައްސަަލަ
ވަކި ދައުލަތެއް އުފައްދަން މަސައްކަތްކުރި ލީޑަރުންނަށް ކުރާ ދައުވާއާ ދެކޮޅަށް މެޑްރިޑްގައި ބޮޑު މުޒާހަރާއެއް!
ކެޓަލޯނިއާގެ މިނިވަންކަމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާފައި ވަނީ 2017 ވަނަ އަަރު އޮކްޓޯބަރގައި

ސްޕެއިނުން ވަކިވެ ވަކި ދައުލަތެއް އުުފެއްދުމަށް ކެޓަލޯނިއާ 2017 ވަަނަ އަހަރު ނެގި ވޯޓާ ގުޅިގެން ދައުވާ ކުރެވުނު ސިޔާސީ 12 ލީޑަރުންނާއި އެކްޓިވިސްޓުންނަށް ތާއީދުކުރާކަން ހާމަކޮށް ވެރިރަށް މެޑްރިޑްގައި ބޮޑު އެއްވުމެއް ބާއްވައިފިއެވެ.

ސަލާމަތީ ކަންކަން ބަަލަހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ގެންދަނިކޮށް ހޮނިހިރު ދުވަހު ބޭއްވި އެެއްވުމަށް ކެޓަލޯނިއާގެ އެކި ސަރަހައްދުތަކުން 400 އެއްހާ ބަހުގައި ވަނީ މެޑްރިޑަށް މީހުން ޖަމާކޮށްފައެވެ.

މިއީ ވަކިވެގަތުމަށް މަސައްކަތްކުރި ފަރާތްތަކަށް ތާއީދުކޮށް މެޑްރިޑްގައި މިހާ ބޮޑު އެއްވުމެއް ބޭއްވި ފުރަތަަމަ ފަހަރެވެ.

ވެރިރަށް މެޑްރިޑުން ޢާއްމުކޮށް ނުފެންނަ ޕެސިއޯ ޑެލް ޕްރާޑޯ ބުލެވަރޑް ފުރާލާފައި ވަނީ ރަތާއި ނުލާއި ރީނދޫ ކުލަ ހިމެނޭ ކެޓަލޯނިއާގެ މިނިވަންކަމުގެ ހަރަކާތުގެ ދިދައިންނެވެ.

އެއްވުން އިންތިޒާމްކުރި ފަރާތްތަކުން ބުނާ ގޮތުން އެއްވުމުގެ ބައިވެރިންގެ އަދަަދު 120،000 އަށް އަރާއިރު ފުލުހުން ބުނާ ގޮތުން އެއްވުމުގެ އަދަދަކީ 18،000 ކަމަށް ރޮއިޓަރސް ނޫސް އޭޖެންސީން ބުނެއެވެ.

ކެޓަލޯނިއާގެ މިނިވަންކުރަން ފެނޭތޯ ބެލުމަށް ވޯޓް ނަގާފައި ވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް ސްޕެއިންގެ ސުޕްރީމް ކޯޓުން އެ ވޯޓަކީ ޤައިރު ގާނޫނީ ވޯޓެއް ކަމަށް ކަނޑައަޅާފައި ވާތީ ވޯޓްލަމުން ދިޔައިރު ވެސް ފުލުހުން ދިޔައީ ވޯޓް ފޮށިތައް ނަގައި ހުރަސް އަޅަމުންނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް