ކ. މާލެ
|
17 މާރޗް 2019 | އާދީއްތަ 10:14
އިޑައީ ތޫފާނުގެ ސަބަބުން ގެއްލުންތަކެއް ވެފައި
އިޑައީ ތޫފާނުގެ ސަބަބުން ގެއްލުންތަކެއް ވެފައި
އަލްޖަޒީރާ
އިޑައީ ތޫފަން
އިޑައީ ތޫފާންގެ ސަބަބުން ޒިމްބާބުވޭގައި މަރުވި މީހުންގެ އަދަދު 31 އަށް!
ތޫފާނުގެ އަސަރު ދެކުނު އެފްރިކާގެ 1.5 މިލިއަން މީހުންނަށް ކޮށްފައިވާ
ތޫފާނުގެ އަސަރު ކޮށްފައިވަނީ މޮޒަމްބިކް، މަލާވީގެ އިތުރުން ޒިމްބާބުވޭ އަށް

ދެކުނު އެފްރިކާގެ ޒިމްބާބުވޭގެ އުތުރު ސަރަހައްދުތަކަށް ''އިޑާއީ'' ތޫފަނުގެ އެރުމުގެ ސަބަބުން 31 މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

''އިޑާއީ'' ތޫފާނުގެ އަސަރު ދެކުނު އެފްރިކާގެ 1.5 މިލިއަން މީހުންނަށް ކޮށްފައިވާ ކަމަށް އދ. އިން ވަނީ ބުނެފައެވެ. ތޫފާނުގެ އަސަރު ކޮށްފައިވަނީ މޮޒަމްބިކް، މަލާވީގެ އިތުރުން ޒިމްބާބުވޭ އަށެވެ.

ގެތަކާއި، ސްކޫލުތަކާއި ވިޔަފާރިކުރާ ތަންތަން އަދި ހޮސްޕިޓަލްތަކުގެ އިތުރުން ޕޮލިސްޓޭޝަންތަކަށް ތޫފަނުގެ އަސަރުކޮށް އެތަންތަން ވަނީ އެއްކޮށް ހަލާކުވެފައެވެ. މަގުމަތީގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބައެއްގެ ގެދޮރުވަނީ ނެތި ގޮސްފައެވެ.  

ޒިމްބާބުވޭގެ ފޮރިން މިނިސްޓްރީން ބުނީ ގިނަ މީހުން މަރުވެފައި ވަނީ ޗިމަނިމަނީ އީސްޓުން ކަމަށާއި، އޭގެ ތެރޭގައި ދެ ދަރިވަރަކު ވެސް ހިމެނޭ ކަމަށެވެ. އަދި 40 މީހުން ޒަހަމްވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.  

ގެއްލުންވި ސްކޫލުތަކުގެ ދަރިވަރުން ވައިގެ މަގުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ޒިމްބާބުވޭގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.  

ތޫފާން އެރި ވަގުތު ސަލަމާތްވާން ވެގެން ފަރުބަދަތަކަށް އެރި މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވެސް ބުރޫ އަރާފައި ވަނީ ވައި ގަދަވުމުގެ ސަބަބުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޗިމާނިމަނީ ޑިސްޓްރިކްޓްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޖޯޝުއާ ވިދާޅުވީ، އެ ޑިސްޓްރިކްގެ 25 ގެ އެއްކޮށް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

ތޫފާން އެރުމުގެ ކުރިން ބޯކޮށް ވާރޭވެހި 66 މީހަކު މަރުވެ 17،00 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. ތޫފަނުގެ ސަބަބުން ޒިމްބާބުވޭގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ބެއިރާ ސިޓީ އެއާޕޯޓްގެ އެއާ ޓްރެފިކް ކޮންޓްރޯލަށް އަސަރު ކުރުމުގެ ސަބަބުން އެއާޕޯޓުވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އެއާޕޯޓުގެ ނެވިގޭޝަން ސިސްޓަމްގެ އިތުރުން ރަންވޭ އަށް ވެސް ވަނީ އަސަރުކޮށްފައެވެ. ޒިމްބާބުވޭ އިތުރުން މަލާވީއަށް އެހީވެދިނުމުގެ ގޮތުން ދެކުނު އެފްރިކާ އިން ވަނީ އެއާކްރާފްޓްގެ އިތުރުން 10 މެޑިކަލް އޮފިސަރުން ފޮނުވާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް