Advertisement
ކ. މާލެ
|
17 މާރޗް 2019 | އާދީއްތަ 08:17
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ހ. ބުރެވިމާގޭ މުހައްމަދު ޒާހިރު
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ހ. ބުރެވިމާގޭ މުހައްމަދު ޒާހިރު
ރައީސް އޮފީސް
ރައީސް އޮފީސް
ޒާހިރުގެ މޫނު ދެއްކުން އަސްރަށް ފަހު އިސްލާމީ މަރުކަޒުގައި، ފަސްދާނުލާނީ ގަލޮޅު ސަހަރާގައި
ކަށުނަމާދު އޮންނާނީ އިޝާނަމާދަށް ފަހު

ހޮނިހިރު ދުވަހު އަވަހާރަވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ހ. ބުރެވިމާގޭ މުހައްމަދު ޒާހިރުގެ މޫނު ދެއްކުން އާދީއްތަ ދުވަހު އަސްރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

މެދުނުކެނޑި 63 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރުގެ ޚިދުމަތުގައި ހޭދަކުރެއްވި މުހައްމަދު ޒާހިރު އަވަހާރަވީ އުމުރުފުޅުން 92 އަހަރުގައެވެ. އެމަނިކުފާނުގެ ޖަނާޒާގެ ކަންތައްތައް އިމްތިޒާމު ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ރައީސް އޮފީހުން ބުނީ ޒާހިރުގެ ކަށުނަމާދު އޮންނާނީ އާދީއްތަ ދުވަހުގެ އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށާއި އެމަނިކުފާނުގެ ކަށިކޮޅު ފަސްދާނުލާނީ އިއްޒަތްތެރި ފަސްދާނުލާ ގަލޮޅު ސަހަރާގައި ކަމަށެވެ. ގަލޮޅު ސަހަރާގައި އެންމެ ފަހުން ފަސްދާނުލީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަބްދުﷲ ހަމީދެވެ.

ހޮނިހިރު ދުވަހު ޒާހިރު އަވާހަރަވިއިރު, އަނބިކަނބަލަކާއި ހަތަރު ފިރިހެން ބޭފުޅުންނާއި ތިން އަންހެން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި، ފާދިއްޕޮޅު މެންބަރުކަމާއި، ކޮޅުމަޑުލު މެންބަރުކަން ވެސް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް