Advertisement
ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 23:44
މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައި އޭގައި ތިބި މީހުން ފުލުހުން ހައްުޔަރު ކުރަނީ
މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައި އޭގައި ތިބި މީހުން ފުލުހުން ހައްުޔަރު ކުރަނީ
މުހައްމަދު ޝަރުހާން
މެމްބަރު ފަލާހު
އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރީ ތިން ބިދޭސީން
ފަލާހު ބުނީ އެކަން އޭނާއަށް ނޭނގޭ ކަމަށް

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.

އޭނާގެ ކާރުން މަސްތުވާތަކެތި އަތުލައިގަނެ، ތިން ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގަތީ ހުކުރު މިސްކިތް ކައިރިންނެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެ ކާރުގެ ތެރެއިން، އަތުލައިގަތީ ރަބަރު ޕެކެޓުތަކަކަށްލާފައިވާ މަސްތުވާ ތަކެއްޗެވެ.

އެ އޮޕަރޭޝަނާ ގުޅޭ ގޮތުން، ފުލުހުންގެ މީޑިއާ އޮފިޝަލް، ޗީފް އިންސްޕެކްޓަރ އިޒްމިއާ ޒާހިރު ގުޅާލުމުން ވިދާޅުވީ ހުކުރު މިސްކިތް ކައިރީގައި ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި "ސީން ޕްރޮސެސް"ގައި އުޅޭތީ ތަފްސީލު ދެވެން ނެތް ކަމަށެވެ. އޮޕަރޭޝަން ނިމުމުން ތަފްސީލު ހިއްސާ ކުރައްވާނެ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން ފަލާހުގެ ބަހެއް ހޯދާލުމަށް ގުޅާލުމުން "އެ ކަހަލަ މައުލޫމާތެއް ލިބިފައި ނުވާ" ކަމަށް ވިދާޅުވިއެވެ. މަސްތުވާތަކެތި ފެނުނު ކާރުގެ ނަމްބަރާއި ތަފްސީލު އޭނާއަށް ފޮނުވައި، އެއީ ފަލާހުގެ ކާރެއްތޯ ސާފު ކުރުމަށް މެސެޖުކޮށް، ފޯނު ކުރުމުން ފަލާހު ޖަވާބެއް ނުދެއްވައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެއީ ފަލާހުގެ ނަންމަތީގައި ރަޖިސްޓްރީކޮށްގެން، އޭނާ ބޭނުން ކުރަމުންދާ ކާރެކެވެ. މަސްތުވާތަކެތީގެ އެ މައްސަލައާ ގުޅިގެން، ފުލުހުން ވަނީ އޭނާއާ ސުވާލު ވެސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
16 މާރޗް 2019 | ހޮނިހިރު 19:38
Sit
Khaaderakame thi
16 މާރޗް 2019 | ހޮނިހިރު 18:47
Falaah
ވަގުތުގެ ނޫސްވެރިންނަށް މިފަހަރު ތިކާރަކީ ފަލާޙްގެ ކާރެއްކަންވެސް ނޭގުނު. އެމީހުން ތިކަންތައްވެސް ކަނޑާލީ ބިދޭސީންގެ ބޮލަށް، މީގެކުރިން ކަމެއް ހިގާއިރަށް އެމީހެއްގެ އާއިލާއާއި ދަރިފަސްކޮޅަށް ދަންދެން ވަވުތުގަ ލިޔެފަހުރޭ، ސެއިޙް އިޔާޒް ދިރިއުޅުއްވާ ގެއިން ހިގިކަމެއްގައި ވަގުތުން އެހަބަރުގެނެސްދިން ގޮތުންހީވީ އިޔާޒް ކޮށްގެންއުޅޭކަމެއްހެން އެހެންނަމަވެސް މިހަބަރު ވަގުތުގަ ލިޔުނުއިރު އެމީހުންނަށް އެހާތަފުސީލްކޮށް ލިޔާކަށްނުކެރުނު، ނަގޫއިނީ ވަރަށްބޮޑަށް ފިތިބާރުވެފަ ނޫންތޯ
16 މާރޗް 2019 | ހޮނިހިރު 17:46
އައިސް
މީހަކު ލީ ކަމަށް ވަނީ ހެކި އެބަހުރި