ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 19:28
އައިޝަތު ހިމްނާ ހަސަން
އައިޝަތު ހިމްނާ ހަސަން
ގޫގުލް
އެތްލެޓިކްސް
އަންހެން ފްލޭޝްއަކީ ހިމްނާ
ހިމްނާ ރިކޯރޑް ހަދާފައިވަނީ 59.18 ސިކުންތުން 400 މީޓަރު ދުވެގެން
200 މީޓަރު ދުވުމުގެ ޔޫތު ރެކޯރޑްވެސް މިވަގުތު އޮތީ ހިމްނާއަތުގައި

400 މީޓަރު ދުވުމުގެ ޤައުމީ ރިކޯރޑް ތިންވަނަ ފަހަރަށް އައިޝަތު ހިމްނާ ހަސަން އައުކޮށްފިއެވެ. 

400 މީޓަރުގެ ދުވުމުގެ ރިކޯރޑް ހިމްނާ އައުކޮށްފައި ވަނީ 2018 ވަނަ އަހަރު 59.73 ސިކުންތުން 400 މީޓަރު ދުވެގެން ހަދާފައިވާ ރިކޯރޑް، ހޮންކޮންގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި 59.18 ސިކުންތުން 400 މީޓަރު ދުވެގެންނެވެ.

އަންހެން ބައިގެ 400 މީޓަރު ދުވުމުގެ ރިކޯރޑް މީގެ ކުރިން އޮތީ އެއް މިނެޓާއި 33 ސިކުންތުން ދުވެގެން މިރުފަތު އަހުމަދު އަތުގައެވެ. މިރުފަތުގެ ރިކޯރޑް ހިމްނާ މުގުރާލީ 2018 ވަނަ އަހަރުގެ ޖޫން މަހު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 59.76 ސިކުންތުން 400 މީޓަރު ދުވެގެންނެވެ. 

ދެވަނަ ފަހަރަށް ހިމްނާ ޤައުމީ ރިކޯރޑް އައުކުރީ އޮލިމްޕިކްސް ކޮލިފައިންގައި 59.73 ސިކުންތުން 400 މީޓަރު ދުވެގެންނެވެ. 

200 މީޓަރު ދުވުމުގެ ޔޫތު ރެކޯރޑް ވެސް މިވަގުތު އޮތީ ހިމްނާއަތުގައެވެ. 2018 ވަނަ އަހަރުގެ މެއިމަހު ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި 27.32 ސިކުންތުން 200 މީޓަރު ދުވުން ނިންމާ، 200 މީޓަރު ދުވުމުގެ ޤައުމީ ރިކޯރޑް ފުރަތަމަ ފަހަރަށް ހެދުމަށް ފަހު ޒުވާން ދުވުންތެރިޔާ ވަނީ 2018 ވަނަ އަހަރުގެ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި 26.73 ސިކުންތުން 200 މީޓަރު ދުވެގެން ރިކޯރޑް އައު ކޮށްފައެވެ. 

ހިމްނާ ތަމްރީނުވަމުން އަންނަނީ އައްޑޫ ސިޓީގައި އެތުލެޓިކްސް އެސޯސިއޭޝަނުން ހިންގާ ޓްރެއިނިން ސެންޓަރުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް