ކ. މާލެ
|
17 މާރޗް 2019 | އާދީއްތަ 08:37
ކިމް ކާޑޭޝިއަން
ކިމް ކާޑޭޝިއަން
ގެޓީ އިމޭޖަސް
ކިމް ކާޑޭޝިއަން
ކިމް ކާޑޭޝިއަންގެ އިޒްރާއީލް ދަތުރު ކެންސަލް 
އިޒްރޭއީލަށް ދާން އުޅުނީ ކެރޮލީނާ ލެމްކޭ ބްރޭންޑުގެ އަވިއައިނު ޕްރޮމޯޓު ކުރުމަށް

ރިއަލިޓީ ޓީވީ ސްޓަރ ކިމް ކާޑޭޝިއަން އޭނާގެ އިޒްރާއިލް ދަތުރު ކެންސަލް ކޮށްފިއެވެ. 

ކިމް އިޒްރޭއީލަށް ދާން އުޅުނީ ކެރޮލީނާ ލެމްކޭ ބްރޭންޑުގެ އަވިއައިނު ޕްރޮމޯޓު ކުރުމަށް ކަމަށް ވެއެވެ. އޭނާ ކެރޮލީނާ ލެމްކޭގެ ޕާޓްނަރަކަށް ވެފައިވަނީ މިދިޔަ އަހަރުއެވެ.

ކެރޮލީނާ ލެކްމޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކިމްގެ ދަތުރު ލަސްކުރެވިފައިވާ ކަމަށާއި އަދި ދަތުރު ހަމަޖެހިފައިވާ ދުވަސް ފަހުން އިއުލާން ކުރާނެ ކަމަށެވެ. ކިމްގެ ދަތުރު ލަސްކުރީ ކީއްވެކަމެއް ހާމަކޮށްފައެއް ނުވެއެވެ. 

އެހެން ނަމަވެސް އިޒްރާއީލުގެ ހިބްރޫ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކިމްގެ އިޒްރާއިލް ދަތުރު ކެންސަލްކޮށްފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ. އެއީ ގައްޒާއިން އިޒްރާއީލަށް ދެ ރޮކެޓް ވައްޓާލުމާއި ގުޅިގެން އުފެދިފައިވާ ބިރުވެރިކަމާއި ހެދި ވެދާނެ ކަމަށް އެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ. 

ޗެނަލް12 އިން މިދިޔަ މަހުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ކިމްގެ އިޒްރާއީލް ދަތުރަކީ ހަތަރު ދުވަހުގެ ދަތުރެކެވެ. އެ ދަތުރުގައި އޭނާގެ ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓާއި އޭނާގެ ދަރިންނާއި ކިމްގެ ދައްތަ ކޯޓްނީ ކާޑޭޝިއަން އަދި އާއިލާ ބައިވެރިވާގޮތަށް އޮތީ ހަމަޖެހިފައެވެ. 

ކިމް އާއި އޭނާގެ ފިރިމީހާ އަދި ދަރިފުޅު ނޯތު ވެސްޓް އެންމެ ފުރަތަމަ އިޒްރާއީލަށް ގޮސްފައިވަނީ 2015 ވަނަ އަހަރުއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް