ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 18:51
ޔޫރަޕްގެ ފުޓުބޯޅަ ކްލަބްތަކުގެ ކުޅުންތެރިން
ޔޫރަޕްގެ ފުޓުބޯޅަ ކްލަބްތަކުގެ ކުޅުންތެރިން
ގޫގުލް
ކްލަބް ވޯރލްޑް ކަޕް
ޔޫރަޕުގެ ބައެއް ކްލަބްތަކުން، ކްލަބް ވޯރލްޑް ކަޕް ބޭއްވުމާއި ދެކޮޅު!
ޔޫރަޕުގެ ބައެއް ކްލަބުތަކުން މުބާރާތް ބޮއިކަޓް ކުރާނެކަމަށް ބުނެފި
ކްލަބް ވޯރލްޑްކަޕްގެ ޕްލޭނަށް ޔޫއެފާއިިން ވޯޓު ދީފައެއް ނުވޭ

 

ފީފާއިން 24 ޓީމާއެކު ފީފާ ކްލަބް ވޯރލްޑްކަޕް ބޭއްވުމަށް ނިންމައި 2021 ވަނަ އަހަރަށް މުބާރާތް ތާވަލު ކުރުމާއެކު ޔޫރަޕުގެ ބައެއް ކްލަބުތަކުން މުބާރާތް ބޮއިކަޓް ކުރާނެކަމަށް ބުނެފިއެވެ. 

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ޖޫން އަދި ޖުލައި މަހު ބޭއްވުމަށް ތާވަލްކުރި މި މިބާރާތާއި ކްލަބުތަކުން ދެކޮޅުހެދީ މުބާރާތް ކުޅުމަށް ތާވަލް ކޮށްފައިވަނީ އޮފް ސީޒަނާއި ދިމާކޮށްފައި ކަމަށްވުމުން ކުޅުންތެރިންނަށް ބުރަ ބޮޑުވާނެ ކަމަށް ބުނެއެވެ. 

މީގެ ކުރިން އާދައިގެ ގޮތަކަށް ބާއްވަމުންއައި ކްލަބް ވޯރލްޑްކަޕް މިހާރު ބާއްވަމުން އަންނަނީ ޑިސެމްބަރު މަސްތެރޭގައެވެ. ހަތް ޓީމަކާއެކު ހަ ކޮންފިޑަރޭޝަނަކަށް ބަހާލައިގެން ކުޅެމުންދާ ކްލަބް ވޯރލްޑްކަޕްއަށް ޔޫރަޕުން އެންމެ އެދެވޭ ތަރުހީބެއް މިހާރު ވެސް ލިބެމުން ނުދެއެވެ. 

އައު ކްލަބް ވޯރލްޑްކަޕްގައި ވާދަކުރާނީ ޔޫރަޕުގެ އަށް ޓީމާއި ދެކުނު އެމެރިކާގެ ހަ ޓީމާއި އެފްރިކާ، އޭޝިއާ އަދި އުތުރު އެމެރިކާ ބައްރުން، ކޮންމެ ބައްރަކުން ތިން ޓީމާއި އޯޝޭނިއާގެ ޓީމެކެވެ.

ފީފާގެ ރައީސް ގިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނީ މުބާރާތް ހަމަ ޖެހުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އަސްލު ކްލަބް ވޯރލްޑްކަޕްއެއް ދުނިޔެއަށް ފެނިގެން ދާނެ ކަމަށާއި، މި މުބާރާތުގެ ސަބަބުން އެންމެ މޮޅު ކުޅުމެއް ދައްކާ މުބާރާތް ކާމިޔާބުކުރާ ޓީމަކަށް ދުނިޔޭގެ އެންމެ މޮޅު ކްލަބުގެ ލަގަބު މި މުބާރާތުގެ ސަބަބުން ލިބިގެން ދާނެކަމަށެވެ. 

ކްލަބް ވޯރލްޑްކަޕްގެ ޕްލޭނަށް ޔޫއެފާއިިން ވޯޓު ދީފައެއް ނުވެއެވެ. ހަމަ އެހެންމެ ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އާއި ފުޓްބޯޅަ ކުޅުންތެރިންގެ ދުނިޔޭގެ ޖަމިއްޔާ ފިފްޕްރޯ އިން ވެސް މި މުބާރާތަށް ވަނީ ނޫނެކޭ ބުނެފައެވެ. 

އީސީއޭއިން ބުނެފައިވަނީ ފީފާ އާއި ކްލަބްތަކުން 2024 ގެ ނިޔަލަށް ދުނިޔޭގެ ފުޓްބޯޅަ ކަލަންޑަރު ހަދާފައިވާއިރު، އެއަށް ބެލުމެއް ނެތި ފަށާ އައު މުބާރާތަކަށް އެ އިދާރާއިން ތާއީދު ނުކުރާނެ ކަމަށެވެ. 

އީސީއޭގެ ބޯރޑް މެމްބަރ އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ޗީފް އެގްޒެކެޓިވް އެޑް ވޫޑްވާރޑް ވަނީ މި މުބާރާތާއި މެދު ކަންބޮޑުވުން ފާޅުކޮށް ސިޓީއެއް އާންމު ކޮށްފައެވެ. 

ވޫޑްވާރޑްގެ ސިޓީގައި ވިދާޅުވެފައިވަނީ އައު ކްލަބް ވޯރލްޑްކަޕްއާއި ދެކޮޅު ކަމަށާއި، އީސީއޭ އިންވެސް މުބާރަތް ބަލައިނުގަންނާނެ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް