ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 16:55
ދަބަންގް ޓުއާގެ ބައިވެރިން
ދަބަންގް ޓުއާގެ ބައިވެރިން
ހޮލީވުޑް ލައިފް
ބޮލީވުޑް
ވިއްސާރަވުމުގެ ސަބަބުން ދަބަންގް ޓުއާ ކެންސަލް ކޮށްފި
ސަލްމާން ވަނީ މިޝޯ ކެންސަލް ކުރަން ޖެހުމުން އިންސްޓްގްރާމްގައި މެސެޖެއް ހިއްސާކޮށްފައި

ވިއްސާރަވުމުގެ ސަބަބުން ސަލްމާން ޚާން ގެ "ދަބަންގް ޓުއާ" ގެ ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯ ކެންސަލް ކޮށްފިއެވެ.

މި ފަހަރުގެ ދަބަންގް ޓުއާ ގައި ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ ތެރޭގައި ހިމެނޭ ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް، ޖެކުލިން ފެނާންޑޭޒް އަދި ސޯނާކްޝީ ސިންހާގެ އިތުރުންވެސް މަޝްހޫރު ފަންނާނުންތަކެއް ބައިވެރިއެވެ.

ސަލްމާން ވަނީ މިޝޯ ކެންސަލް ކުރަން ޖެހެމުން އޭނާގެ ފޭނުންނަށް އިންސްޓްގްރާމްގައި މެސެޖެއް ހިއްސާ ކޮށްފައެވެ.

"އަހަރުމެން އުޅުނީ ދުބާއިގައި ޕާރފޯމްކުރަން. ނަމަވެސް މިވަނީ މޫސުން ގޯސްވެފައި. އެހެންކަމުން މިއަދުގެ ޕްރޮގްރާމު މިވަނީ ކެންސަލް ކުރަންޖެހިފައި. އެކަމާ އަހަރުމެން ވަރަށް ދެރަވޭ. އަހަރުމެން އައީ ޕާރފޯމް ކުރަން ވަރަށް ބޮޑަށް ތައްޔާރުވެގެން. އަދި އަހަރުމެން ތިބީ ވަރަށް އެކްސައިޓް ވެފައި. މިއީ ހަގީގަތަކީ އަދި އަޑުއިވޭ އެހެންވާހަކަތައް ގަބޫލު ނުކުރާތި" ސަލްމާން ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯގައި ބުނެފެއެވެ.

މި ވީޑިއޯގައި އޭނާގެ އިތުރުން ޖެކުލިން އާއި ތީވީ ހޯސްޓް މަނީޝް ޕައުލް ވަނީ ފެނިގެންދެއެވެ.

މަނީޝްވެސް ވަނީ ދެރަނުވުމަށް އެދިފައެވެ. ދެން ފަހަރަކުންވެސް އަންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ސޯނާކްޝީ އާއި ޖެކްލިން ވެސް ޝޯ ކުރިއަށް ނުގެންދެވުމުން މާފަށް އެދިފައެވެ. އަދި އަންނާނެ ކަމަށް އެދެތަރިންވެސް ވަނީ ވައުދު ވެފައެވެ.

ދަބަންގް ޓުއާގައި ލަވަކިޔންތެރިޔާ ގުރޫ ރަންދާވާ، ޑެއިޒީ ޝާހްގެ އިތުރުން ޕްރަބޫދެވާވެސް ބައިވެރި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް