ކ. މާލެ
|
21 ފެބްރުއަރީ 2017 | އަންގާރަ 14:57
ކަރިސްމާ އޭނާގެ ލޯބިވެރިޔާއާ އެކު އާއިލީ ބައްދަލުވުމެއްގައި
ކަރިސްމާ އޭނާގެ ލޯބިވެރިޔާއާ އެކު އާއިލީ ބައްދަލުވުމެއްގައި
ގޫގުލް
ކަރިސްމާ ކަޕޫރު
ކަރިސްމާ ދެ ވަނަ ކައިވެންޏެއް ކުރަން އުޅެނީބާ
 
ކަރިސްމާގެ ކައިވެނި ރޫޅުނީ މިދިޔަ އަހަރު

ބޮލީވުޑުގެ ކުރީގެ މަޝްހޫރު ތަރި ކަރިސްމާ ކަޕޫރު ކުރި ފުރަތަމަ ކައިވެނި ރޫޅާލުމަށް ފަހު ދެވަނަ ކައިވެންޏެއް ކުރަން އުޅޭހެން ހީވާން ފަށައިފިއެވެ.

ކަރިސްމާ އާއި ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރު ވަރިވީ މިދިޔަ އަހަރުއެވެ. އެ ކައިވެންނަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވާއިރު އެ ދެކުދިން ތިބެނީ ކަރިސްމާ ކައިރީގައިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކަރިސްމާ ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާގެ ބޮޑުބޭބެ ޝަޝީ ކަޕޫރުގެ ގޭގައި އާއިލީ ގުޅުން ބަދަހި ކުރުމަށް ބޭއްވި ހަފްލާއަކަށް އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ސަންދީޕް ތޮޝްނިވާލް ގެންގޮސްފައެވެ.

 މިއީ އާއިލީ ހަފްލާއަކަށް ކަރިސްމާ، ސަންދީޕް ގެންދިޔަ ދެވަނަ ފަހަރެވެ. މިދިޔަ ހަފްތާގައި ކަރިސްމާގެ ބައްޕަ ރަންދީރު ކަޕޫރުގެ 70ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ވެސް ސަންދީޕު ބައިވެރިވިއެވެ.

ކަރިސްމާ އޭނާގެ އާއިލީ ބައްދަލުވުންތަކަށް ސަންދީޕު ގެންދާނީ ކައިވެނި ކައިރިވެފައިވާތީ ކަމަށް ބެލެވޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އަދި މި ދެމީހުންގެ ގުޅުން އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

ސަންދީޕަކީ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. އޭނާ އަކީ ފާމަސޫޓިކަލް ކުންފުންޏެއް ހިންގާ މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޖުމާނާ ތައުފީގު
0%
0%
0%
0%
0%
0%
ކޮމެންޓް