ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 16:51
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
މުހައްމަދު ޝަރުހާން
ކްރިސްޓިއާނޯ ރޮނާލްޑޯ
2020 ގެ ޔޫރޯއަށް ތައްޔާރުވުމަށް ރޮނާލްޑޯ ޕޯޗުގަލްއަށް
2020 ގެ ޔޫރޯ ކޮލިފައިންގައި ނުކުންނަ ޕޯޗުގަލް ޓީމުގެ ސްކޮޑުގައި ރޮނާލްޑޯ ވަނީ ހިމަނާފަ

ޕޯޗުގަލް ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 2020 ގެ ޔޫރޯ ކޮލިފައިންގައި ޕޯޗުގަލް ކުޅޭ މެޗުތަކުގައި ބައިވެރިވިމުށް އެ ޤައުމަށް ގޮސްފިއެވެ. 

2020 ގެ ޔޫރޯ ކޮލިފައިންގައި ސާރބިއާ އަދި ޔޫކްރެއިންއާއި ދެކޮޅަށް ނުކުންނަ ޕޯޗުގަލް ޓީމުގެ ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައިވާއިރު 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑްކަޕްގައި އުރުގުއޭ އަތުން ބަލިވެ މުބާރާޓުން ޕޯޗުގަލް ކެޓުމަށް ފަހު ރޮނާލްޑޯ ޓީމާއި ގުޅުނު މިއީ ފުރަތަމަ ފަހަރެވެ. 

މި ސީޒަނުގައި ޔުވެންޓަސްގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރޮނާލްޑޯ އެ ޓީމަށް ބަދަލުވުމައި ގުޅިގެން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޕޯޗުގަލް ކުޅުނު މެޗުތައް ވަނީ ގެއްލިފައެވެ. 

ރޮނާލްޑޯ ނެތް ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި ޕޯރޗުގަލް ވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން ރޮނާލްޑޯ އާއިނުލައި ޕޯރޗުގަލް ކުޅުނު ހަމެޗުގެ ތެރެއިން ތިން މެޗުވަނީ އެ ޓީމުން ކާމިޔާބު ކޮށްފައެވެ. 

ރޮނާލްޑޯގެ އިތުރުން ބެންފިކާގެ ޒުވާން ކުޅުންތެރިޔާ ޖޯއާ ފީލިކްސް އާއި ޑިޔާގޯ ސޯސާ ވެސް ވަނީ ޕޯޗުގަލް ޓީމުގެ ސްކޮޑަށް ނަގާފައެެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް