ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 08:43
ޖޭމްސް ގަރނާ
ޖޭމްސް ގަރނާ
ގޫގުލް
މެންޗެސްޓަރ ޔުނައިޓެޑް
ޖޭމްސް ގަރނާ ޔުނައިޓެޑްއާ އެކު ދިގުމުއްދަތަކަށް ހުންނާނެ
ޔުނައިޓެޑްއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރުކުރީ 2022 ހަމައަށް

މެންޗެސްޓަރ ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރ ޖޭމްސް ގަރނާ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފިއެވެ.

އުމުރުން 18 އަހަރުގެ ގަރނާ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު އޭނާ ވަނީ އިނގިރޭސި ވިލާތުގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ކެޕްޓަންކަން ކޮށްފައެވެ.

މާރޗް މަހު ފަހުކޮޅުގައި ދުބާއީގައި އޮންނަ މުބާރާތުގައި 18 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަން ވެސް ކުރާނީ ގަރނާއެވެ.

މިޑްފީލްޑަށް ނުވަތަ ޑިފެންސަށް އާންމު ގޮތެއްގައި ކުޅޭ ގަރނާ މެންޗެސްޓަރ ޔުނައިޓެޑާ ގުޅުނީ އޭނާގެ އުމުރުން އަށް އަހަރުގައެވެ. ގަރނާ ވަނީ އެ ޓީމުގެ 18 އަހަރުން ދަށުގެ ޓީމަށް 27 މެޗު ކުޅެދީ ފަސް ލަނޑު ކާމިޔާބު ކޮށްފައެވެ.

ޔުނައިޓެޑްގެ 19 އަހަރުން ދަށުގެ ޓީމަށް މިހާތަނަށް 13 މެޗު ކުޅެ، އެއް ލަނޑު ކާމިޔާބު ކޮށްދީފައިވާއިރު، އުނމީދީ ކުޅުންތެރިޔާ އެ ޓީމުގެ 23 އަހަރުން ދަށުގެ ޓީމަށް މިހާތަނަށް ވަނީ ނުވަ މެޗު ކުޅެދީފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް