ކ. މާލެ
|
14 މާރޗް 2019 | ބުރާސްފަތި 10:33
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޓްވިޓަރ
ޕައުލް ޕޮގްބާ
ޕޮގްބާ ޔުނައިޓެޑްގައި މަޑުކުރަނީ
ޕޮގްބާގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑަރ ޕައުލް ޕޮގްބާ އެ ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ ސަންއިން ބުނީ، ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވަންދެން ކްލަބުގައި މަޑުކުރަން ޕޮގްބާ ނިންމާފައިވާ ކަމަށާއި، އެކަން ޔުނައިޓެޑްގެ ކޯޗު ސޮލްޝެއާއާ ވެސް އޭނާ ހިއްސާކޮށްފައިވާ ކަމަށެވެ.

ޕޮގްބާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔުވަންޓަސް އިން ވަނީ މިދިޔަ ޖެނުއަރީ ޓްރާންސްފާގައި އޭނާ ހޯދަން 80 މިލިއަން ޔޫރޯ ހުށަހަޅާފައެވެ.

ޔުނައިޓެޑާ އެކު ޕޮގްބާ ހާދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާ އިރު، އޭނާ އަށް މިހާރު ލިބެނީ ހަފްތާ އަކު 290،000 ޕައުންޑެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 25 އަހަރުގެ ޕޮގްބާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 124 މެޗުގައި 29 ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ އެޓީމާއެކު ލީގް ކަޕް އަދި ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

ޕޮގްބާ ވަނީ ޔުވަންޓަސް އަށް ވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭނާ ވަނީ އެޓީމަށް ކުޅުނު 178 މެޗުގައި 34 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން، އެ ޓީމާއެކު އިޓާލިއަން ލީގު ހަތަރު ފަހަރު، ކޮޕާ އިޓާލިއާ ދެ ފަހަރު އަދި އިޓާލިއަން ސުޕާކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ފްރާންސާ އެކު 2013 ވަނަ އަހަރު 20 އަހަރުން ދަށުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ޕޮގްބާ ވަނީ ސީނިއާ ޓީމުގައި ހިމެނި 64 މެޗު ކުޅެ 10 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް