ކ. މާލެ
|
14 މާރޗް 2019 | ބުރާސްފަތި 07:56
ކެނެޑާގައި ބޯއިންގ 737 މެކްސްގެ 41 ބޯޓް ބޭނުންކުރޭ
ކެނެޑާގައި ބޯއިންގ 737 މެކްސްގެ 41 ބޯޓް ބޭނުންކުރޭ
ބީބީސީ
ބޯއިންގ 737 މެކްސް
ކެނެޑާއިން ވެސް ބޯއިންގ 737 މެކްސް8 ގެ ބޯޓްތައް މަނާކޮށްފި
ގިނަ ގައުމުތަކަކުން ވަނީ ބޯއިންގ 737 މެކްސް 8 ބޯޓްތައް ގްރައުންޑް ކޮށްފައި

ދުނިޔޭގައި ތިން ވަނަ އަށް ބޯއިންގ 737 މެކްސްގެ ފްލައިޓްތައް އެންމެ ގިނައިން ގެންގުޅޭ ކެނެޑާ އިން ވެސް އެ މަރުކާގެ ބޯޓުތައް ބޭނުންކުރުން ހުއްޓާލައިފިއެވެ.

ބޯއިންގ 737 މެކްސްގެ ބޯޓްތައް ބޭނުންކުުރުން އެެއަރލައިންތަކުން ހުއްޓާލަމުންދަނީ މިދިޔަ އާދީއްތަ ދުވަހު އިތިއޯޕިއަން އެއަރލައިންގެ ފްލައިޓް ވެއްޓުނު ހާދިސާ އަށް ފަހުއެެވެ.

ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އާދީއްތަ ދުވަހު ވެއްޓުނު އިތިއޯޕިއަން އެއަރލައިންގެ ފްލައިޓުން ދަތުރުކުރި 157 މީހުން ވަނީ މަރުވެފައެވެ.

މިއީ ބޯއިންގ 737 މެކްސް 8ގެ ބޯޓަކަށް ފަސް މަސްދުވަހުގެ ތެރޭ ދިމާވި މިފަދަ ދެވަނަ ހާދިސާއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެއްޓުނު ލަޔަން އެއަރގެ ބޯޓަކީ ވެސް މި މޮޑެލްގެ ބޯޓެކެވެ. ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓުނު މި ބޯޓުން ދަތުރުކުރި 189 މީހުން ވަނީ މަރުވެފައެވެ.

ކެނެޑާގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނީ ކެނެޑާގެ ތިން އެއަރލައިން އިން އޮޕަރޭޓްކުރާ މެކްސް 8ގެ 41 ބޯޓް އޮންނައިރު ކެނެޑާގެ ވައިގެ ސަރަހައްދުގައި އެ ބޯޓްތައް ބޭނުންކުރުން މަނާވާނެ ކަމަށެވެ.

ބޯއިންގ 737 މެކްސް 8ގެ ދަތުރުތައް ހުއްޓާލާ ގައުމުތަކުގެ ލިސްޓް ދިގުވެފައިވާއިރު އެމެރިކާގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނެފައި ވަނީ އެ ބޯޓްތަކަކީ ދުއްވަން ރައްކާތެރި ބޯޓްތަކެއް ކަމަށެވެ.

ކެނެޑާގެ ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވެފައި ވަނީ ބޯޓް ވެއްޓުނު ހާދިސާއާ ގުޅޭ އިތުރު ހެކިތަކެއް ލިބިފައިވާ ކަމަށެވެ.

މާކް ގާނިއު ވިދާޅުވީ ކެނެޑާގައި އޮޕަރޭޓްކުރާ ބޯއިންގ 737 މެކްސް 8 ގެ ބޯޓްތަކާއި އިތިއޯޕިއަން އެއަރލައިނންގެ ވެއްޓުނު ބޯޓާއި ދާދި އެއް ޕެޓަރންތަކެއް ސެޓެލައިޓް ޑޭޓާތަކުން ދައްކާ ކަމަށެވެ.

"އމިއަދު ހެނދުނު އަޅުގަނޑުމެންނަށް ލިބުނު އާ ޑޭޓާތަކުގެ އަލީގައި އަޅުގަނޑުމެންްނަށްވަނީ އަޅާކިޔާނެ ފުރުސަތު ލިބިފައި، އަދި އަޅުގަނޑުގެ އެކްސްޕަރޓުނންގެ ލަފަޔާއެކު އަދި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އަޅުގަނޑު ސަލާމަތީ ނޯޓިސް ނެރުނީ،" އޭނާ ވިދާޅުވިއެވެ.

"މި ސަލާމަތީ ނޯޓިސްއާ އެކު ބޯއިންގ 737 މެކްސް 8 ނުވަތަ މެކްސް 9 ގެ އުޅަނަދު ބޭނުންކުރާ ކޮމާޝަލް ޕެސެންޖަރ ފްލައިޓަކުން އެއީ އެތެރޭގެ ވިޔަސް ބޭރުގެ ވިޔަސް، މި ގައުމުން ފުރުން ނޫނީ އައުން ނޫނީ ވައިގެ ސަރަހައްދުގައި އުދުހުން މަނާވާނެ"

ކެނެޑާއިން މިގޮތަށް އަަމަލުކުރަން ފަށާފައިވާއިރު އެ ގައުމުން ބުނެފައި ވަނީ އިތުރު އެންގުމެއް އަންގަންދެން މިހާލަތު ހިނގާނެ ކަމަށެވެ.

ބޯއިންގ 737 މެކްސް 8 ގެންގުޅޭ އެއަރލައިންތަކާއި އަދަދުތައް

* ސައުތުވެސްޓް އެއަރލައިން (އެމެރިކާ) 34 ބޯޓް

* އެއަރ ކެނެޑާ 24 ބޯޓް

* އެެމެރިކަން އެއަރލައިންސް 24 ބޯޓް

* ޗައިނާ ސަދަރން 24 ބޯޓް 

*ނޯރވީޖިއަން އެއަރ 18 ބޯޓް

* އެއަރ ޗައިނާ 15 ބޯޓް

* ޓީޔޫއައި(ޔޫރަޕް) 15 ބޯޓް 

* ސްޕައިސް ޖެޓް (އިންޑިއާ) 13 ބޯޓް

* ފްލައި ޑުބާއީ 11 ބޯޓް

* ހައިނާން އެއަރލައިން (ޗައިނާ) 11 ބޯޓް

* ޓަރކިޝް އެެއަރލައިން 11 ބޯޓް

* ލަޔަން އެއަރ(އިންޑޮނީޝިއާ) 10 ބޯޓް

* ޖީއޯއެލް ލިންހަސް އަރިއަސް(ބްރެޒިލް) 7 ބޯޓް

* ޝަންޑޮންގ އެއަރލައިން (ޗައިނާ)7 ބޯޓް

* ސްމާޓްވިންގް (ޗެކްރިޕަބްލިކް) 7 ބޯޓް

* އެއިރޯމެކްސިކޯ 6 ބޯޓް

* ސިލްކްއެއަރ (ސިންގަޕޫރު) 6 ބޯޓް

* ޖެޓް އެއަރވޭސް (އިންޑިއާ) 5 ބޯޓް

* އެއިރޯލައިނިއަސް އާޖެންޓިނަސް 5 ބޯޓް

* އައިސްލޭންޑްއެއަރ 5 ބޯޓް

* އެލްއޯޓީ އެއަރލައިންސް (ޕޮލޭންޑް)5 ބޯޓް

* އޮމާން އެއަރ 5 ބޯޓް

* ޝެންޒެން އެއަރލައިން (ޗައިނާ) 5 ބޯޓް 

* އިތިއޯޕިއަން އެއަރލައިންސް 4 ބޯޓް

* ސަންވިންގް އެއަރލައިންސް (ކެެނެޑާ) 4 ބޯޓް

* އެއަރ އިޓަލީ 3 ބޯޓް

* ޗައިނާ އީސްޓަރން 3 ބޯޓް 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް