ކ. މާލެ
|
13 މާރޗް 2019 | ބުދަ 22:20
ބާސްކެޓްބޯލް މެޗެއްގެ ތެރެއިން
ބާސްކެޓްބޯލް މެޗެއްގެ ތެރެއިން
ހާފް ކޯޓް މޯލްޑިވްސް
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ސީނިއާ އަންހެން ޤައުމީ ބާސްކެޓްބޯލް ޓީމް ސްކޮޑްގެ ޓްރައިއައުޓް ސެޝަންގައި ބައިވެރިވުމުގެ ފުރުޝަތު ހުޅުވާލައިފި
ހުޅުވާލައިފައި ވަނީ ސްކޮޑްގެ ޓްރައިއައުޓް ސެޝަންގައި ބައިވެރިވުމުގެ ފުރުޝަތު

ސީނިއާ އަންހެން ގައުމީ ބާސްކެޓްބޯލް ސްކޮޑްގެ ޓްރައިއައުޓް ސެޝަންގައި ބައިވެރިވުމުގެ ފުރުޝަތު ހުޅުވާލައިފިއެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ސެޝަންގައި ބައިވެރިވުމުގެ ފުރުޝަތު ހުޅުވާލާފައިވަނީ  އަންގާރަ ދުވަހު އެ އެސޯސިއޭޝަނުން ނެރުނު އިއުލާނުގައެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަނުން ނެރެފައިވާ އިއުލާނުގައިވަނީ އަންހެން ގައުމީ ބާސްކެޓްބޯލް ސްކޮޑްގެ ޓްރައިއައުޓް ސެޝަންގައި ބައިވެރިވުމުގެ ފުރުޝަތު ހުޅުވައިލެވިފައިވާ ކަމަށާއި، ސެޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުޅުންތެރިން ޝައުގުވެރިކަން ފާޅުކޮށް އެކުޅުންތެރިންގެ ފުރިހަމަނަމާއި އުފަން ތާރީޙް އަދި ދިވެހިރައްޔިތެއްކަން އަންގާއިދޭ ކާޑު ނަންބަރު އެނގޭނެގޮތަށް 20 މާރޗް ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ އެސޯސިއޭޝަންގެ އީމެއިލްއަށް މެއިލް ކުރުމަށެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަނުން ވަނީ މީގެ ކުރިން ސީނިއާ ފިރިހެން ގައުމީ ބާސްކެޓްބޯލް ސްކޮޑްގައި ބައިވެރިވުމުގެ ފުރުޝަތު ވެސް ހުޅުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް