ކ. މާލެ
|
13 މާރޗް 2019 | ބުދަ 12:59
50 ގައުމަކުންވަނީ ވައިދޯއަކީ އެ ގައުމުގެ ލީޑަރުކަމަށް ބަލައިގެންފައި
50 ގައުމަކުންވަނީ ވައިދޯއަކީ އެ ގައުމުގެ ލީޑަރުކަމަށް ބަލައިގެންފައި
އޭއެފްޕީ
ވެނެޒުއޭލާ
ވެނެޒުއޭލާގެ އިދިކޮޅު ލީޑަރުގެ މައްޗަށް ދައުލަތަށް ގެއްލުންދިންކަމުގެ ދައުވާ
ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން ވެނެޒުއޭލާގެ ގިނަ ސަރަހައްދުތަކެއްގައިވަނީ ކަރަންޓް ކެނޑިފަ

ވެެނެޒުއޭލާގެ އިދިކޮޅު ލީޑަރު ވަން ވައިދޯ އެ ގައުމުގެ ކަރަންޓް ވިއުގައަށް ގެއްލުން ދެއްވިކަމުގެ ތުހުމަތުގައި އެ މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ސުޕްރީމް ކޯޓަށް އަންގާފައިވާނެ ކަމަށް އެ ގައުމުގެ އިސް ޕްރޮސިއުޓަރ ތާރިކް ސާބް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން ވެނެޒުއޭލާގެ ގިނަ ސަރަހައްދުތަކެއްގައި ވަނީ ކަރަންޓް ކެނޑިފައެވެ.

ރައީސް ނިކޮލަސް މަޑޫރޯ ވަނީ ކަރަންޓް ކަނޑާލުމަށް އެމެރިކާގެ ޓެކްނޮލޮޖީއެއް ބޭނުން ކޮށްފައިވާ ކަމަށާއި އެކަމުގެ ފަހަތުގައި ހުންނެވީ ވައިދޯ ކަމަށް ތުހުމަތުކުރައްވާފައެވެ.

ވައިދޯ ވިދާޅުވެފައިވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައިވަނީ ސަރުކާރުން މިސްމެނޭޖް ކުރެވޭތީ ކަމަށެވެ.

މައްސަލަ ތަހުގީގު ކުރަން ސާބް އަންގަވާފައިވަނީ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ރައީސް ނިކޮލަސް މަޑޫރޯ"އިންސާފުގެ ވަގުތު އައިސްފި އަދި ވެނެޒުއޭލާގެ ކަރަންޓުގެ ނިޒާމަށް ގެއްލުންދިން މީހެއްގެ ފަހަތުން އިންސާފުގެ ނިޒާމް ދާނެ" ކަމަށް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ވެނެޒުއޭލާގެ ލީޑަރު ކަމަށް އެމެރިކާ ހިމެނޭގޮތުން 50 ގައުމަކުން ބަލައިގަންނަނީ އިދިކޮޅު ލީޑަރު ވަން ވައިދޯއެވެ.

 އެމެރިކާއިން މިހާރުވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ވެނެޒުއޭލާއަށް ދަތިކުރުމުގެ އިތުރު ޚާއްސަ ފިޔަވަޅުތަކެއް މާލީގޮތުން އަޅުއްވަން ނިންމަވާފައިވާކަން ޚާއްސަ މަންދޫބު އެލިއަޓް އަބްރަމްސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފިޔަވަޅުތަކުގެ ތަފްސީލެއް ނުދެއްވައެވެ.

ވައިދޯގެ މައްސަލަ ތަހުގީގުކުރުމަށް ސުޕްރީމް ކޯޓަށް އަންގާފައިވާއިރު ގައުމުން ބޭރަށް ދަތުރުކުރުން އެ ކޯޓުން މަނާކޮށްފައިވަނިކޮށް ވައިދޯ ވަނީ ކޮލަމްބިއާށް ދަތުރެއް ކުރެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް