ކ. މާލެ
|
13 މާރޗް 2019 | ބުދަ 08:35
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ޜިވެނިއު އެތޯރިޓީ (މީރާ)
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ޜިވެނިއު އެތޯރިޓީ (މީރާ)
މުހައްމަދު ޝަރުހާން
މީރާ
ފެބުރުއަރީ މަހު ދައުލަތަށް 1.27 ބިލިއަން ރުފިޔާ އާމްދަނީއެއް
އެއީ 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހާއި އަޅާބަލާއިރު، 0.8 އިންސަތައިގެ އިތުރުވުުމެއް

ނިމިގެންދިޔަ ފެބުރުއަރީ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.27 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. 

މޯލްޑިވްސް އިންލޭންޑް ޜިވެނިއު އެތޯރިޓީ (މީރާ) އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އާމަދަނީގެ ގޮތުގައި މި އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީއަކީ ވޭތުވެދިޔަ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އާމްދަނީއާ އަޅާބަލާއިރު، 0.8 އިންސަތައިގެ އިތުރުވުުމެކެވެ.  

އާމްދަނީ އިތުރުވެފައިވަނީ ޖީ.އެސް.ޓީ، ބީ.ޕީ.ޓީ އަދި ގްރީން ޓެކްސްއިން ލިބުނު މިންވަރު އިތުރުވުމާއި ގުޅިގެން ކަމަށް މީރާއިން ބުނެއެވެ. 

އެންމެ ބޮޑު އާމްދަނީއެއް މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް، (ޖީއެސްޓީ)ގެ ގޮތުގައި ލިބުނުއިރު އެއީ 794.3 މިލިއަން ރުފިޔާއެވެ. އޭގެއިތުރުން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް 57.3 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. 

ފެބްރުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީއާއެކު މި އަހަރުގެ މިހާތަނަށް 3.398 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.452 ބިލިއަން ރުފިޔާ އެވެ. 

- ކޮމެންޓް