ކ. މާލެ
|
12 މާރޗް 2019 | އަންގާރަ 15:06
ޖެނިފަރ \'ޖޭލޯ\' ލޮޕެޒް އާއި އެލެކްސް \'އޭރޮޑް\' ރޮޑްރިގެޒް
ޖެނިފަރ 'ޖޭލޯ' ލޮޕެޒް އާއި އެލެކްސް 'އޭރޮޑް' ރޮޑްރިގެޒް
ގެޓީ އިމޭޖަސް
ޖެނިފަރ ލޮޕެޒް އާއި އެލެކްސް ރޮޑްރިގެޒް
ޖޭލޯ އާއި އޭރޮޑް އެންގޭޖް ކުރުމާ އެކު ބޭވަފާތެރިވުމުގެ ތުހުމަތެއް!
ޖެނިފަރ ލޮޕެޒް އާއި އެލެކްސް ރޮޑްރިގެޒް ކައިވެނި ކުރަން އެންގޭޖް ވެފައިވާކަން އިއުލާންކޮށްފައި ވަނީ ހޮނިހިރު ދުވަހު

ހޮލީވުޑްގެ މަޝްހޫރު ތަރި، ޖެނިފަރ 'ޖޭލޯ' ލޮޕެޒް އާއި ކުރީގެ ބޭސްބޯލް ކުޅުންތެރިޔާ އެލެކްސް 'އޭރޮޑް' ރޮޑްރިގެޒް ކައިވެނި ކުރަން އެންގޭޖްވެފައި ވާކަން އިއުލާން ކޮށްފައި ވަނީ ނިމިގެންދިޔަ ހޮނިހިރު ދުވަހެވެ.

ދެ އަހަރު އެކުގައި އުޅުމަށް ފަހު ދެ މީހުން ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންކުރި މި އުފާވެރި ޚަބަރާ އެކު ގިނަ ބަޔަކު އެ މީހުންނަށް ތަހުނިޔާ ކިޔާފައި ވެއެވެ. އޭގެ ތެރޭގައި ހޮލީވުޑް މަޝްހޫރު ގިނަ ތަރިން ވެސް ހިމެނެއެވެ.

ނަމަވެސް، މި ޚަބަރާ އެކު މީހަކު ވަނީ އޭރޮޑް އަށް ބޮޑު ތުހުމަތެއް ކޮށްފައެވެ. އެއީ ކުރީގެ މޭޖަރ ލީޑް ބޭސްބޯލް ކުޅުންތެރިއެއް ކަމަށްވާ ހޯޒޭ ޗަންސެކޯއެވެ. އޭނާ ބުނާ ގޮތުން، އޭރޮޑް ވަނީ ޖޭލޯއަށް ބޭވަފާތެރިވެފައެވެ.

ހޯޒޭ ޗަންސެކޯ. ފޮޓޯ؛ އޭޕީ

ހޯޒޭ ބުނާ ގޮތުން، އޭރޮޑް ވަނީ ޖޭލޯއާ ރަށްޓެހިވެގެން އުޅެމުން އޭނާގެ (ހޯޒޭގެ) ކުރީގެ އަނބިމީހާ، ސޫޒަންއާ ގުޅުމެއް ހިންގާފައެވެ.

އޭނާ އޭރޮޑް އަށް މި ތުހުމަތުކޮށްފައި ވަނީ ޓްވިޓަރ މެދުވެރިކޮށެވެ. އެއްވެސް ހެއްކެއް ދައްކާފައި ނުވާއިރު، ހޯޒޭ ބުނާ ގޮތުން އޭނާ އާއި ސޫޒަން އެކުގައި ހުއްޓާ އޭރޮޑް ވަނީ ސޫޒަން އަށް ގުޅާފައެވެ. އަދި މިއިީ މަސްތަކެއް ކުރިން ހިނގާފައިވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ހޯޒޭގެ މި ތުހުމުތަށް އޭރޮޑް ނުވަތަ ޖޭލޯ ރައްދެއް ދީފައި ނުވާއިރު، ބައެއް މީޑިއާތަކުން ވަނީ އެ މީހުންގެ 'ގާތް އެކުވެރިން' ނަށް ހަވާލާދީ މި ކަންތައް ދޮގު ކޮށްފައެވެ. އެއް ފަރާތެއް ބުނި ގޮތުގައި އޭރޮޑް އާއި ސޫޒަންއާ ދިމާ ނުވާތާ 'އެތަކެއް އަހަރެއް ވެއްޖެ' އެވެ.

ހޯޒޭ ބުނަނީ 'މިއީ ތެދެއް' ކަމަށެވެ. އަދި އެކަމުގެ ހެކި ދެއްކުމަށް 'ޕޮލިގްރާފް ޓެސްޓް' އެއް ހަދަން ތައްޔާރަށް ހުރި ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް، ގިނަ ފަރާތްތަކެއް ދެކޭ ގޮތުގައި މިއީ ހޯޒޭގެ 'ޕަބްލިސިޓީ ސްޓަންޓް' އެކެވެ. އޭގެ އެއް ސަބަބަކީ އޭރޮޑް އަށް ތުހުމަތު ކުރުމަށް ފަހު ޓްވިޓަރގައި 497،000 ފޮލޮވަރުން ހުންނަ ހޯޒޭ ވަނީ އޭނާ އަށް ބޮކްސިންގ މެޗަކަށް ޗެލެންޖް ކޮށްފައެވެ. ޓްވިޓަރގައި 1.23 މިލިއަން މީހުން އޭރޮޑް ފޮލޯ ކުރާއިރު، ޖޭލޯގެ 43 މިލިއަނަށް ވުރެ ގިނަ ފޮލޮވަރުން ހުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުމާމް އަލީ
- ކޮމެންޓް