އަޔަކްސް އަތުން ބަލިވުމުގެ ޒިންމާ ނަގާ ކަމަށް ރިއަލް މެޑްރިޑްގެ ކެޕްޓަން ސާރޖިއޯ ރާމޯސް ބުނެފިއެވެ.
ސަންޓިއޭގޯ ބާރނަބެއު ސްޓޭޑިއަމްގައި އަޔަކްސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ގަސްތުގައި ހޯދި ރީނދޫ ކާޑާއެކު ޔޫއެފާއިން ވަނީ އެއް މެޗަށް ރާމޯސް ސަސްޕެންޑް ކޮށްފައެވެ.
މެޗުން ބަލިވުމުގެ 200 ޕަސެންޓް ޒިންމާ ނަގާކަމަށް ރާމޯސް ވަނީ ބުނެފައެވެ. ރާމޯސް މިހެން ބުނެފައިވަނީ ހޯމަ ދުވަހު ކުރި ޓްވީޓެއްގައެވެ.
ރެއާލް މެޑްރިޑް 2-1 އިން ކުރީގައި އޮއްވާ މެޗުގެ 89 ވަނަ މިނެޓުގައި ރާމޯސްއަށް ރެފްރީ ރީނދޫ ކާޑު ދެއްކީ އަޔަކްސްގެ ކެސްޕާ ޑޯލްބާގަށް ކުރި ފައުލަކަށެވެ. އެ ކާޑާ އެކު ދެ ވަނަ ލެގަށް އޭނާ ސަސްޕެންޑްވިއެވެ.
މި ކާޑާ ގުޅިގެން ދެ ވަނަ ލެގަށް ސަސްޕެންޑްވި ރާމޯސްއަށް ޔުއެފާގެ އަދަބާ އެކު، ކުއާޓާ ފައިނަލަށް މެޑްރިޑް ދަތުރުކުރި ނަމަ އެ މެޗުވެސް މުކުޅެވޭނެއެވެ.
ސަސްޕެންޝަނުގެ ސަބަބުން ރާމޯސްއަށް ރިއަލްމެޑްރިޑް އަޔަކްސްއާއި ވާދަ ކުރި މެޗު ނުކުޅެވުނުއިރު، މި މެޗުން ރިއަލްމެޑްރިޑް ބަލިވީ 1-4 ލަނޑުންނެވެ.
އަޔަކްސްގެ ކޯޗް އެރިކް ޓެން ހެގް ކުރިން ބުނެފައިވަނީ، ރާމޯސް ނެތުމުން ރިއާލްއަށް ވަރަށް ބޮޑު ގެއްލުމެއް ދައްކާނެ ކަމަށެވެ. ސެންޓަރ ބެކުގައި އޭނާ ނެއްތަންކޮޅު ދައްކާނެ ކަމަށްވެސް އެރިކް ވަނީ ބުނެފައެވެ.