ކ. މާލެ
|
12 މާރޗް 2019 | އަންގާރަ 08:33
ލިއު ހޮންގް
ގޫގުލް
ވޯރލްޑް ރެކޯރޑް
50 ކިލޯމީޓަރު ހިނގުމުން ލިއު ހޮންގް ވޯލްރިކޯރޑް ހަދައިފި
ލިއު ރޭސް ނިންމީ ތިން ގަޑިރާއި 59 މެނެޓުން
ކުރީގެ ދުނިޔޭގެ ރިކޯރޑަކީ ހަތަރުގަޑީރާއި ހަތަރު މިނެޓު

ހިނގުމުން ދުނިޔޭގެ ރިކޯރޑް ލިއު ހޮންގް އައު ކޮށްފިއެވެ.

ލިއު ހޮންގް ރޮކޯރޑް ހެދީ މިހާރު ޗައިނާގެ ހުއަންގްޝާންގައި ކުރިއަށްދާ "ޗައިނީސް ރޭސް ވާރކް ގްރޭންޑް ޕްރިކްސް" ގައި 50 ކިލޯ މީޓަރަށް ތިން ގަޑިރާއި 59 މެނެޓުން ހިނގައިގެންނެވެ.

އުމުރުން 31 އަހަރުގެ ލިއު ހޮންގް ހިނގުމުން ދުނިޔޭގެ ރިކޯރޑް ހެދީ މީގެ ކުރިން ލިއެންގް ރުއީ ހަދާފައިވާ ހަތަރު ގަޑީރާއި ހަތަރު މިނެޓުގެ ރިކޯޑަށް ވުރެން ފަސް މިނެޓު ކުރިން 50 ކިލޯމީޓަރުގެ ރޭސް ނިންމައިގެންނެވެ.

ލިއު ވަނީ 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި 20 ކިލޯމީޓަރު ހިނގުމުން ރަން މެޑަލް ހޯދާފައެވެ.

އޮލިމްޕިކް 20 ކިލޯމީޓަރު ރެކޯޑްވެސް އޮތީ ލިއު އަތުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް