ކ. މާލެ
|
11 މާރޗް 2019 | ހޯމަ 18:57
މޯލްޑިވްސް މެރިން އެކްސްޕޯ 2019
މޯލްޑިވްސް މެރިން އެކްސްޕޯ 2019
ރާއްޖެއެމްވީ
މޯލްޑިވްސް މެރިން އެކްސްޕޯ
'މޯލްޑިވްސް މެރިން އެކްސްޕޯ 2019' ސެޕްޓެމްބަރު ގައި!
މިއެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ޖުލައިގެ ނިޔަލަށް

"މޯލްޑިވްސް މެރިން އެކްސްޕޯ" މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މިއަހަރުގެ އެކްސްޕޯ އޮންނާނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން 20ގެ ނިޔަލަށެވެ.

މި އަހަރުގެ އެކްސްޕޯގެ ތީމްއަކީ މެރިން ޓެކްނޮލޮޖީ ކަމަށް ވެފައި، މި އެކްސްޕޯ ވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައެންސް އެންޑް ޓެކްނޮލޮޖީން އެންޑޯސް ވެސް ކޮށްފައެވެ.

އެންޑޯސްމަންޓް ސެޓިފިކެޓްގައި ސޮއިކުރެއްވީ މިނިސްޓަރ މުހައްމަދު މަލީޙް ޖަމާލްއެވެ. މިސެޓިފިކެޓާއި ހަވާލުވެވަޑައިގަތީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވައިސް ޕްރެޒިޑެންޓް އިސްމާއިލް ހަމީދު އެވެ. އަދި މި އެކްސްޕޯ އިންތިޒާމްކުރާ ބްލަކްގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ހުޝާމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރ މަލީހާއި ބްލަކްގެ އެމްޑީ ހުޝާމް

މިއެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ޖުލައި 2019ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ބްލަކްއިން މައުލޫމާތުދިނެވެ.

ލިވަބޯޑު އިންޑަސްޓްރީއަކީ ރާއްޖޭގައި މެރިން އިންޑަސްޓްރީ އަށް ބޮޑެތި ފައިދާތަކެއް ކުރުވާ އިންޑަސްޓްރީއެކެވެ.

ލިވަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)ގެ އަހަރީ މައުރަޒުގެ ގޮތުގައި ކުރިއަށްގެންދާ މި އެކްސްޕޯ އިންތިޒާމްކުރަނީ ބްލަކް މޯލްޑިވްސް އިންނެއެވެ.

2017 ވަނަ އަހަރު ހުޅުމާލޭގައި ބޭއްވި މިއެކްސްޕޯއަށް އާންމުންނާއި މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތުގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު 2018 ވަނަ ދަރުބާރުގޭގައި ބޭއްވި އެކްސްޕޯއަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މިއީ މިގޮތަށް ބާއްވާ ފަސް ވަނަ މައުރަޒެވެ.

އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރުގެ އެކްސްޕޯއަކީ ތަފާތު އެކްސްޕޯއަކަށް ވެގެންދާނެ ކަމަށް ބްލަކްއިން ބުނެފައިވާއިރު، އިވެންޓު ވެގެންދާނީ މިދާއިރާގެ މީހުން އެއްތަނަކުން ބައްދަލުކޮށް އެންމެ ރަނގަޅު ޕްރޮޑަކްޓްސް ހޯދުމަށް އެންމެ ފަސޭހަ ޕްލެޓްފޯމަކަށެވެ.

- ކޮމެންޓް