ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 18:46
ރަތްކަނޑު
ރަތްކަނޑު
މުހައްމަދު ޝަރުހާން
ސައުދީ އަރަބިއާ
ސައުދީ އަރަބިއާއިން ރަތް ކަނޑުން ބޮޑު ގޭސް ރިޒަރވްއެއް ހޯދައިފި
އެ ރިޒަރވުން ގޭސް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރު ސައުދީ އަރަމްކޯ އިން ކުރަމުންދާނެ

ޤުދުރަތީ ގޭސް ހޯދުމަށް ސައުދީ އަރަބިއާ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރަތްކަނޑުން ބޮޑު ގޭސް ރިޒަރވެއް ފެނިފައިވާކަން އެ ޤައުމުން ހާމަކޮށްފިއެވެ.

ރަތްކަނޑުން ގޭސް ރިޒަރވެއް ފެނިފައިވާކަން އިޢުލާނުކުރައްވައި، ސައުދީގެ އެނަރޖީ މިނިސްޓަރ ޚާލިދު އަލް ފާލިޙު ވިދާޅުވީ، ފެނިފައިވާ ގޭސް ރިޒަރވްތަކުގެ ފީޒިބިލިޓީ ސްޓަޑީއެއް ހެދުމަށް ފަހު، އެ ރިޒަރވުން ގޭސް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރު ސައުދީ އަރަމްކޯ އިން ކުރަމުންދާނެ ކަމަށެވެ.

ޚާލިދު ވިދާޅުވީ ސައުދީ އަރަމްކޯގެ ވިޔަފާރި ފުޅާކޮށް، ސައުދީ އަރަބިއާ އިން ބޭރުގައި، އެހެން ޤައުމުތަކުގައި ވެސް ތެޔޮ ނެގުމުގެ މަސައްކަތް ކާމިޔާބު ކަމާ އެކު ކުރަމުންދާ ކަމަށާއި، އަދި ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކުގެ ތެރެއިން ރަޝިއާ، އިންޑިއާ، ޕާކިސްތާން އަދި އިންޑޮނޭޝިއާގައި އެ ކުންފުނީގެ ވިޔަފާރި ފުޅާކުރާނެ ކަމަށެވެ.

މީގެ އިތުރުން ސައުދީ އަރަބިއާ އިން ދަނީ އެމެރިކާގައި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްޕީޖީ)ގެ ވިޔަފާރީގެ ތެރެ އަށް ވެސް ވަނުމަށް ތައްޔާރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް