ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 17:28
ފިލިޕޭ ކުޓީނިއޯ
ފިލިޕޭ ކުޓީނިއޯ
ގެޓީ އިމޭޖަސް
ފިލިޕޭ ކުޓީނިއޯ
ޔުނައިޓެޑަށް ބަދަލުވާން ކުޓީނިއޯ ބޭނުންވޭ
ކުޓީނިއޯ 86 މިލިއަން ޕައުންޑަށް ވިއްކާލަން ބާސާ އޮތީ ތައްޔާރަށް

ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ ފިލިޕޭ ކުޓީނިއޯ އިނގިރޭސި ކްބަލް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ ސްޓާއިން ބުނީ، ޔުނައިޓެޑުން ފުރުސަތު ބޭނުންވާ ކަމަށާއި، އޭނާ ހުރީ އެ ކްލަބަށް ބަދަލުވާން ތައްޔާރަށް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން 86 މިލިއަން ޕައުންޑަށް ކުޓީނިއޯ ވިއްކާލަން ބާސާ އޮތީ ތައްޔާރަށެވެ. އަދި ކުޓީނިއޯ ހޯދުމަށް ކްލަބްތަކުން ހުށަހަޅާ ހުށަހެޅުންތައް ބެލުމަށް ބާސާ އިން ވަނީ ނިންމާފައެވެ. އެގޮތުން ކުޓީނިއޯ ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ފަށައި، ބާސާއަށް ހުށަހެޅުމެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުޓީނިއޯ ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޗެލްސީ ވެސް ހިމެނެއެވެ.

ކުޓީނިއޯއާ އެކު ބާސާއިން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ބާސާ އިން ކަނޑައަޅާފައި ވަނީ 400 މިލިއަން ޔޫރޯއެވެ.

ލިވަޕޫލް އިން ވިދާލި ކުޓީނިއޯ ވަނީ އެ ކްލަބަށް ކުޅުނު 201 މެޗުގައި 54 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އެ ކްލަބާ އެކު ފުޓްބޯލް ލީގް ކަޕް އަދި ޔޫރޮޕާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ބާސާ އަށް މިހާތަނަށް ކުޅުނު ދެ ސީޒަނުގައި 61 މެޗުގައި 18 ލަނޑު ކާމިޔާބުކޮށްފައިވާ ކުޓީނިއޯ ވަނީ އެ ކްލަބާއެކު ލަލީގާ އާއި ސްޕެނިޝް ސުޕާކަޕް އަދި ކޮޕާޑެލްރޭ ވެސް ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 45 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައިވާ ކުޓީނިއޯ ވަނީ ބްރެޒިލްގެ 17 އަހަރުން ދަށުގެ ޓީމާއެކު ސައުތް އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕް އަދި 20 އަހަރުން ދަށުގެ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް