ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 16:58
ޕެޕް ގާޑިއޯލާ
ޕެޕް ގާޑިއޯލާ
ގޫގުލް
މެންޗެސްޓަރ ސިޓީ
މެންޗެސްޓާ ސިޓީން ވަކި ކުރަންދެން އެޓީމުގައި ހުންނާނަން: ޕެޕް ގާޑިއޯލާ
ސިޓީ ދޫކޮށް ޔުވެންޓަސް އަށް ދާން އުޅޭ ވާހަކަ އަކީ ދޮގެއް: ގާޑިއޯލާ
ހޮނިހިރު ދުވަހު ކުޅުނު މެޗު ވެޓްފޯރޑާއި ވާދަކޮށް ސިޓީ ވަނީ ކާމިޔާބު ކޮށްފަ
ސިޓީ މެޗު ކާމިޔާބުކުރީ ވެޓްފޯރޑްއާއި ވާދަކޮށް 1-3 ލަނޑުން

މެންޗެސްޓާ ސިޓީގައި މަޑު ކުރާނެކަމަށް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަނުވަނީސް، ގާޑިއޯލާ ސިޓީ ދޫކޮށް ޔުވެންޓަސް އަށް ދާން އުޅޭ ކަމަށް ވަނީ އަޑުފެތުރިފައެވެ. ނަމަވެސް އެވާހަކަތަށް ދޮގު ކުރަމުން އޭނާ ބުނީ ސިޓީން އޭނާ ވަކި ކުރަންދެން ސިޓީގައި ހުންނާނެ ކަމަށެވެ.

ގާޑިއޯލާ މިހެން ބުނެފައިވަނީ މެންޗެސްޓާ ސިޓީގެ ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. މެންޗެސްޓާ ސިޓީގެ ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު މެޗު ވެޓްފޯރޑާއި ވާދަކޮށް ސިޓީ ވަނީ ކާމިޔާބު ކޮށްފައެވެ.

ސިޓީ މެޗު ކާމިޔާބުކުރީ ވެޓްފޯރޑްއާއި ވާދަކޮށް 1-3 ލަނޑުގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބި ވަނީ ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.  

ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ސިޓީންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ސިޓީންނެވެ. މި ލަނޑު މެޗުގެ 46 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ ރަހީމް ސްޓާލިންގްއެވެ.

ސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރިތާ މާގިނަ އިރެއްނުވެ 50 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒްގެ އެހީތެރި ކަމާއިއެކު ސްޓާލިން ވަނީ ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ. 

ސްޓާލިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގެ 59 މެނުޓުގައި ޑޭވިޑް ސިލްވާގެ އެހީތެރިކަމާއެކު އޭނާ ވަނީ ސިޓީއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ ހެޓްރިކްހެދިއެވެ.

ސިޓީގެ ތިންވަނަ ލަނޑަށްފަހު ވެޓްފޯރޑްގެ ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން ލީޑު ކުޑަ ކުރުމަށް އެ ޓީމުން މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ޓްރޯއީ ޑީނޭގެ އެހީތެރި ކަމާއެކު ވެޓްފޯރޑްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް ޑިއުލޮފޭ އެވެ.

މި މޮޅާ އެކު ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު 30 މެޗުން ލިބުނު 74 ޕޮއިންޓާއެކު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް