ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 22:01
ްައަންހެނުންގެ ފުޓުބޯޅަ މެޗެއްގެ ތެރެއިން
ްައަންހެނުންގެ ފުޓުބޯޅަ މެޗެއްގެ ތެރެއިން
ގޫގުލް
އެޑިޑަސް
ދެ ޖިންސުގެ އެތްލީޓުން ހަަމަހަމަކަން ކަށަވަރު ކުރުމަށް އެޑިޑާސް އިސްނަގައިފި
ދެ ޖިންސުގެ ކުޅުންތެރިންގެ ހަމަހަމަ ކަމަށް ބާރު އަޅާ މޮޓޯ "އީކުއަލް ޕޭ ފޯރ އީކުއަލް ޕްލޭ"
ބޯނަސްއެއް ދޭން ނިންމީ ފިރިހެން ފުޓުބޯޅަ ކުޅުންތެރިންނާއި އަންހެން ފުޓުބޯޅަ ކުޅުންތެރިން ހަމަހަމަ ކުރުމުގެ ގޮތުން
އަންހެން ފުޓުބޯޅަ ވޯލްޑްކަޕް ޖޫން ހަތް ވަނަ ދުވަހު ފްރާންސްގައި ފެށޭނެ

މަޝްހޫރު އެޑިޑަސް ކޮމްޕެނީން އަންހެން ވޯލްޑްކަޕުގެ ޗެމްޕިއަން ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ބޯނަސްއެއް ދޭނެ ކަމަށް އިއުލާން ކޮށްފިއެވެ.

ހުކުރު ދުވަހު އެޑިޑާސްއިން ނެރުނު ބަޔާނުގައި އެ ކޮމްޕެނީން ވަނީ ދެ ޖިންސުގެ ކުޅުންތެރިންގެ ހަމަހަމަ ކަމަށް ބާރު އަޅާ މޮޓޯ "އީކުއަލް ޕޭ ފޯރ އީކުއަލް ޕްލޭ" އިއުލާން ކޮށްފައެވެ.

ފްރާންސްގައި އޮންނަ އަންހެން ވޯލްޑްކަޕުގެ އެއް ވަނައަށް ދާ ޓީމުގައި ހިމެނޭ ހުރިހައި ކުޅުންތެރިންނަށް ބޯނަސްއެއް ދޭން ނިންމީ، ފިރިހެން ފުޓުބޯޅަ ކުޅުންތެރިންނާއި އަންހެން ފުޓުބޯޅަ ކުޅުންތެރިން ހަމަހަމަ ކުރުމުގެ ގޮތުންނެވެ.

އެގޮތުން، ފިރިހެން ފުޓުބޯޅަ ކުޅުން ތެރިންނަށް ލިބޭ ބޯނަސްއާއި އެއްވަރަށް އަންހެން ފުޓުބޯޅަ ކުޅުންތެރިންނަށް ވެސް ބޯނަސް ދެވޭނެ ކަމަށް އެޑިޑާސްއިން ބުނެފައިވެއެވެ.

އެޑިޑާސްގެ އެގްޒެކެޓިވް ބޯރޑް މެންބަރ އެރިކް ލެޑިޓްކޭ ބުނީ، އެޑިޑާސްއިން ކުރިއަށް އޮތް މުސްތަގުބަލުގައި އަންނަން ތިބި އަންހެން އެތްލީޓުންނަށް ހިއްވަރުދީ، އެ ކުޅުންތެރިން ކުރިއަށް ދިއުމަށް މަގުތައް ފަހި ކޮށްދޭނެ ކަމަށެވެ.

އެޑިޑާސްއިން އަންހެން ކުޅުންތެރިންނަށް ބޯނަސްއެއް ދޭން ނިންމާފައިވާ މި ދަނޑިވަޅަކީ، ޔުނައިޓެޑް ސްޓޭޓް (ޔޫއެސް) ގެ ފުޓުބޯޅަ އަންހެން ޓީމުގެ 28 ކުޅުންތެރިން އެ ގައުމުގެ ފުޓުބޯޅަ ފެޑަރޭޝަންއާއި ދެކޮޅަށް ދެ ޖިންސު ތަފާތު ކުރާ ކަމަށް ތުހުމަތުކޮށް ކޯޓަށް މައްސަލަ ހުށައަޅާފައިވަނިކޮށެވެ.

އަންހެން ފުޓުބޯޅަ ވޯލްޑްކަޕް ޖޫން ހަތް ވަނަ ދުވަހު ފްރާންސްގައި ފެށޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް