ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 16:40
ޗެމްޕިއަން އެމްޕީއެލް އާއި ރަނަރަޕް އަޔާދާ މޯލްޑިވްސް
ޗެމްޕިއަން އެމްޕީއެލް އާއި ރަނަރަޕް އަޔާދާ މޯލްޑިވްސް
މިއުނާ ހަސަން
ސީކެއާ
ސީކެއާ މޯލްޑިވްސް ފުޓުސަލް މުބާރާތް އެމްޕީއެލް ކާމިޔާބުކޮށްފި
އެމްޕީއެލް މުބާރާތް ކާމިޔާބުކުރީ 2-3 އިން
އެމްޕީއެލް މުބާރާތް ކާމިޔާބުކުރީ އަޔާދާ މޯލްޑިވްސްއާ ވާދަކޮށް

ސީކެއާ ފޯވާރޑާރސް މޯލްޑިވެސް ފުޓުސަލް ފިއެސްޓާ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) ކާމިޔާބުކޮށްފިއެވެ.

އަޔާދާ މޯލްޑިވްސްއާ ވާދަކޮށް އެމްޕީއެލް މުބާރާތް ކާމިޔާބުކުރީ 2-3 ގެ ނަތީޖާ އަކުންނެވެ.

ހުކުރު ދުވަހު މާފަންނު މިނީ ޓާރފްގައި ކުޅުނު ފައިނަލް މެޗު ފެށިގެން ރަނގަޅަށް ކުޅެމުން އައީ އެމްޕީއެލްއިންނެވެ.

އެއް ދުވަހަށް ކުރިއަށް ގެންދިޔަ ސީކެއާ ފޯވާރޑާރސް މޯލްޑިވެސް ފުޓުސަލް ފިއެސްޓާއަކީ، ސީކެއާގެ ކްލަޔަންޓުން އެއްތަނަކުން ދިމާވެ، މަސައްކަތުގެ މާހައުލުން ބޭރުގައި މުވަޒަފުން ވަގުތު ކޮޅެއް ހޭދަކޮށްލުމަށް އިންތިޒާމު ކޮށްގެން ކުރިއަށް ގެންދެވުނު މުބާރާތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އަހަރުގެ މުބާރާތް އިންތިޒާމުކޮށްފައި ވަނީ ސީކެއާ މޯލްޑިވްސްއަށް ފަސް އަހަރު ފުރުމާ ދިމާކޮށެވެ.

ސީކެއާ ފުޓުސަލް ފިއެސްޓާގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބަރާތުގައި ޖުމްލަ 16 ޓީމަކުން ބައިވެރި ވެފައި ވެއެވެ. އެއީ، ސޮނީ ހާރޑްވެއާ، ސިމްޑީ، ޕޭން އޯޝަން، ޔުނިވާރސަލް، ކޯސްޓްލައިން، އަޔާދާ މޯލްޑިވްސް، މެޑްޓެކް މޯލްޑިވްސް، ސޮނީ ސްޕޯރޓްސް، ބްރަދަރހުޑް، މޯލްޑިވްސް ވޯޓާރ އެންޑް ސުވަރޭޖް ކޮމްޕަނީ ޕވޓ، ސީކެއާ، ޓްރާންޒްގޭޓް، ގްރޭޕް، އޭސް ހަރޑްވެއަރ، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް، އަދި ސަންފްރޮންޓެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް