ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 12:20
މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
މުހައްމަދު ޝަރުހާން
ބ ފުޅަދޫ
މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
އައު އިމާރާތެއް އެޅުމަށް ބަޖެޓެއް ނުލިބޭ
އެއީ އިހު ޒަމާނުގައި ރާއްޖޭގައި އުވައިން އިމާރާތްކުރި އިރު އަޅާފައިވާ ތަނެއް

ފޮޓޯއިން ތި ފެނިވަޑައިގަންނަވަނީ ފަޅުގެއެއް، ނުވަތަ ވީރާނާ ވަމުންދާ ގެއެއް ނޫނެވެ. އެއީ މާޅުސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާއެވެ. ގަބޫލު ކުރަން ކިތަންމެ ދަތި ކަމުގައި ވީ ނަމަވެސް އެ ފެންނަނީ އެތަނުގެ ހާލަތެވެ. އެ ފެންނަނީ އެންމެ ދުވަހަކުން އައިސްފައިވާ ބަދަލުތަކެއް ނޫނެވެ. 

ފުޅަދޫ ކައުންސިލް އިދާރާ

ފުޅަދޫ ކައުންސިލްގެ އިދާރާ ހިންގަމުންދާ އިމާރާތަކީ މީގެ އެތައް އަހަރެއް ކުރިން ބޭނުންކުރަން ފެށި އިމާރާތެކެވެ. އުވައިން އޮފީސްތައް ރޭނިއިރުގެ އިމާރާތެކެވެ. އިމާރާތުގެ ފާރުގައި ޖަހާފައިވާ އުވަ ވެރި، ކުލަ ގޮސް، މުޅި އިމާރާތް ފެންނަނީ ފަޅު ތަނެއް ގޮތަށެވެ. ބައެއް މަރާމާތުތައް ކުރި ނަމަވެސް، ކުޑަ ދޮރުތައް ވެސް ހުރީ ވަރަށް ބަލިކަށިވެ، ނެއްޓިގެންދާ ހާލަތުގަ އެވެ. 

ކައުންސިލް އިދާރާ
 

ކައުންސިލް އިދާރާގެ އެތެރޭގެ ހާލަތު ވެސް ވަރަށް ދަށެވެ. ކައުންސިލްގެ މެމްބަރުން ތިއްބަވާނެ މޭޒެއް ނެތެވެ. ރަށުގައި ހަތަރު ކައުންސިލަރުން ތިބޭ އިރު މި ބޭފުޅުން އިށީންނާނެ މޭޒެއް ނެތެވެ. ތަނުގެ ޖާގައިގެ ދަތިކަމުން އިދާރީ މަސަތްކަތް ކުރާ މުވައްޒަފުން ބައިތިއްބާނެ ތަނެއްވެސް ނެތެވެ. ރަށްކުރިއަރުވާ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިއަސް، ނުވަތަ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރަން ޖެހުނު ކަމުގައި ވިޔަސް ދާންޖެހެނީ އެހެން ތަނަކަށެވެ. ރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ވެސް ނުދެވެއެވެ. ބޯކޮށް ވާރޭ ވެހިއްޖެނަމަ ކައުންސިލް އިދާރާއަށް ފެން ނުފައިބައި ހުންނަނީ ވެސް ކިރިޔާއެވެ. ކައުންސިލް ގެ އިދާރާ ހިންގުމަށް އައު އިމާރާތެއް ހޯދައި ދިނުމަށް ރައްޔިތުންނާއި ކައުންސިލުން، ސަރުކާރުގައި އާދޭސް ކުރާތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. ކޮންމެ ބަޔަކުވެސް އެ އާދޭހަށް ދެނީ ބީރުކަންފަތެކެވެ. ރައީސް ޔާމިންގެ ސަރުކާރުގެ ފަހު ދުވަސްވަރުގައި ފިނޭންސް މިނިސްޓްރީއާއީ ހަމަޔަށް ޕްލޭން އެއް ގެންގޮސް އުއްމީދުތަކެއް އާކުރުމަށްފަހު ވެސް، ، އައު އިމާރާތެއް ނުލިބި އެ އުއްމީދުތައް ވެސް ފުނޑުވެގެން ދިޔައީއެވެ.

މި ހުރިހާ ވާހަކައެއް އިވުމަށް ފަހު އެންމެންގެ ހިތުގައިވެސް އުފެދިދާނެ އެއް ސުވާލަކީ ރަށު ކައުންސިލަށް އައު އިމާރާތެއް ކައުންސިލްގެ ބަޖެޓުން ނުހެދެނީ ކީއްވެގެންތޯ އެވެ.  އާބާދީ ކުޑަ، ބަނދަރެއް ވެސް ނެތް ރަށެއްގައި ރައްޔިތުންނަށް ބޮޑު ބަޖެޓެއް ލިބޭނެތޯއެވެ ؟ ދާއިރާއަށް ހޮވޭ މެމްބަރުވެސް ވޯޓާޢި ކައިރިވީމައި ރައްޔިތުމީހާ ފައިބުޑަށް ވެއްޓި އާދޭސް ކޮށް ގޮނޑި އަށް ހޮވުނީމައި އެއީ ކޮންބައެއްކަމެއް ވެސް ހަނދާނެއް ނުހުރެއެވެ. މިހާރުވެސް މަޖިލީހުން ވެސް ފެންނަމުންދާ ހަގީގަތަކީ ، ރައްޔިތުންގެ ޝަކުވާތައް އަޑުއިއްވައިދޭ މެމްބަރެއް ނެތުމެވެ. އާދޭސް އެބަކުރެވެއެވެ. ރައްޔިތުމީހާ ފައިބުޑަށް ވެއްޓި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް މި ދަތިތައް ހިއްސާ އެބަކުރެއެވެ. އުމްރާނީ ތަރައްގީގެ އެހީއެއް ވެސް ނުލިބެއެވެ. އައު ސަރުކާރާއެކު ރައްޔިތުން ދެކެމުންދާ ހުވަފެނަކީ މި ޝަކުވާތައް އަޑުއަހައި އެކަށީގެންވާ ހައްލެއް ލިބުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
9 މާރޗް 2019 | ހޮނިހިރު 17:32
ihaaru.
ކެފޭ އެއްވެސްމާ ރަނަގަޅުވީސް