ބޮލީވުޑް އެކްޓަރ ރިޝީ ކަޕޫރު ބޭސްފަރުވާއަށް ނިއުޔޯކްގައި ހުރުމަށް ފަހު މި މަހު އެނބުރި އިންޑިއާއަށް ދާނެކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.
މި ހިނގާ މާރޗް މަހުގެ ފަހުކޮޅު ރިޝީ އެނބުރި އިންޑިއާއަށް ދާނެ ކަމަށް މބައެއް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް ރިޝީ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
ކޮންބައްޔެއްކަން ނޭންގޭ ބައްޔަކަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރިޝީ ގެންދަނީ ޔޫއެސްގައި ފަރުވާ ހޯދަމުންނެވެ.
ކަޕޫރު އާއިލާއާ ގާތް މީހަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން ރިޝީ ހުރީ އެނބުރި ގެއަށް ދިއުމަށް ކެތްމަދުވެފައެވެ. ރިޝީގެ ފިރިހެން ދަރިފުޅު ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ތައްޔާރީތައް ފެށުމަށް ރާވާމުންދާ ކަމަށާއި ރިޝީ މި ވަގުތު ގެންދަނީ އިނޑިއާއަށް ދިއުމަށްޓަކައި ދުވަސްތައް ގުނަމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ރިޝީގެ ބޭސްފަރުވާގެ ކަންކަން ވެސް ދަނީ ރަނގަޅަށް ކަމަށާއި ނަމަވެސް އެއްކޮށް ރަނގަޅުވާން ވަގުތު ނަގާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ކައިރި މުސްތަގްބަލެއްގައި ރިޝީ އެނބުރި އިންޑިއާއަށް ނުދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.