ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 21:56
ސެމްސަންގ 10 ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސެމްސަންގ 10 ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގޫގުލް
އުރީދޫ މޯލްޑިވްސް
ގެލެކްސީ އެސް10އަށް ޑިމާންޑް ބޮޑުވެ ޕްރީ-އޯޑަރއަށް ގިނަ ބަޔަކު ރަޖިސްޓަރ ކޮށްފި
 
އަދި ވަރަށް އަވަހަށް ޕްރޯ އޯޑަރ އަށް ހުޅުވާލާނެ

ސެމްސަންގް އާއި އުރީދޫ ގުޅިގެން ސެމްސަންގުގެ ފަހުގެ ގެލެކްސީ އެސް 10 ސީރީޒް އިއްޔެ ރާއްޖެއަށް ތައާރަފްކޮށް، ޕްރީ އޯޑަރއަށް ހުޅުވާލުމާއި އެކު ގިނަ ބަޔަކު ރަޖިސްޓަރ ކޮށްފައިވާ ކަމަށް އުރީދޫއިން ބުނެފިއެވެ.

 

އާދިއްތަ ދުވަހު ހަވީރު އުރީދޫ މޯލްޑިވްސްގެ މައި އޮފީހުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި، އުރީދޫއިން ވަނީ ސެމްސަންގް ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް ފޯނުތަކަށް ޕްރީއޯޑަރ ނަގަން ހުޅުވާލާއި ފޯނު ވިއްކުމަށް ވަރަށް ޙާއްސަ ޕްލޭންތަކެއް އިއުލާނު ކޮށްފައެވެ.

އުރީދޫއިން ބުނީ އިއްޔެ ހަވީރު 5 ޖެހުމާއި އެކު ޕްރީ އޯޑަރ އަށް ހުޅުވާލާފައިވާއިރު ރޭ މެންދަމުގެ ވަގުތެއްގައި ޕްރީ އޯޑަރ ނެގުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އަދިވެސް ވަރަށް ގިނަ ބަޔަކު ޕްރީ އޯޑަރއަށް އެދެމުން ދާތީ ވަރަށް އަވަހަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލާނެ ކަމަށް އުރީދޫއިން ބުންޏެވެ.

ރާއްޖޭގައި ސެމްސަންގް އެސް 10 ސީރީޒް ތައާރަފް ކުރުމަށް ބޭއްވި ހަފްލާގައި، ސެމްސަންގް އިންޑިއާ އިލެކްޓްރޯނިކްސްގެ ވެރިންނާއި އުރީދޫ މޯލްޑިވްސް އިން ސީއީއޯ ނަޖީބް ޙާން، އަދި ޑައިރެކްޓަރ އޮފް ބްރޭންޑް އެންޑް ސޭލްސް، ހުސެން ނިޔާޒު ވަނީ ބައިވެރިވެފައެވެ.

ބައިނަލްއަޤްވާމީ ޓެކްނޮލޮޖީގެ ދާއިރާގެ ޝައުގުވެރިކަން ހޯދާފައިވާ މި ފޯނުތައް ގަތުމަށް، އުރީދޫ ކަސްޓަމަރުންނަށް ވަނީ ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކެއް ތައާރަފްކޮށްފައެވެ.

ފުލް ޕޭމަންޓް ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެންމެ ރަނގަޅު އަގުގައި ފޯނު ގަނެވޭނެ ކަމަށާއި މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.

މަހުން މަހަށް ފައިސާ ދައްކާ ޕްލޭންގައި މަހަކު އެންމެ 942 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ފޯންތައް ބައްލަވައިގަނެވޭނެއިރު، 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް އުރީދޫ އިން ވަނީ މިއަދު ފަށާފައެވެ.

މި ޕްލޭން ޚާއްސަ ކުރެވިފައިވާ، ޕޯސްޓްޕެއިޑް 200 ނުވަތަ އެއަށް ވުރެ ބޮޑު ޕޯސްޓްޕެއިޑް ޕެކޭޖެއް ޚިޔާރު ކުރައްވާ ކަސްޓަމަރުންނަށް ކަމަށް އުރީދޫއިން ބުންޏެވެ. މި ޕްލޭން ޚިޔާރު ކުރައްވާ ބޭފުޅުންނަށް ވެސް އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް