މެންޗެސްޓަރ ޔުނައިޓެޑްގެ އެލެކްސް ސަންޗޭޒްއާއި، އެންތޮނީ މާރޝަލް އަދި ޖެސް ލިންގާރޑްއަށް ޕީއެސްޖީއާއި ދެކޮޅަށް ކުޅޭ މެޗު ނުކުޅެވޭނެކަން ކަށަވަރު ވެއްޖެއެވެ.
އެލެކްސް ސަންޗެޒްގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން މަދުވެގެން ހަ ހަފްތާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.
ސަންޗެޒްގެ ކުޑަހުޅަށް އަނިޔާވެފައި ވަނީ ސައުތްހެމްޕްޓޮން އާއި ދެކޮޅަށް ހޮނިހިރު ދުވަހުގެރޭ ކުޅުނު ޕްރިމިއާލީގް މެޗުގައެވެ.
އަނެއް ކޮޅުން އެންތޮނީ މާރޝަލް ފެބްރުއަރީ މަހުތެރޭ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވެސް ހުރީ ކުޅުމާއި ދުރުގައެވެ.
މެންޗެސްޓާ ޔުނައިޓެޑުން މުހިންމު ކުޅުންތެރިންތަކެއް ނުލައި ޕީއެސްޖީ މެޗަށް ނުކުންނައިރު، ޕީއެސްޖީން ދެވަނަ ލެގުގެ މެޗަށް ނުކުންނާނީ ބްރެޒިލްގެ ނޭމާ ޖޫނީއާގެ އިތުރުން ފޯވާރޑް އެޑިންސަން ކެވިން ނުލައެވެ.
ދެވަނަ ލެގުގައި ޕީއެސްޖީއާއި މެންޗެސްޓާރ ޔުނައިޓެޑް ވާދަ ކުރި މެޗު 0-2 އަކުން ކާމިޔާބު ކުރީ ޕީއެސްޖީއެވެ.