ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 19:52
ފަރްހާން އަޚްތަރާއި ޝިބާނީ ޑަންޑޭކަރުގެ އެންގޭޖްމަންޓް
ފަރްހާން އަޚްތަރާއި ޝިބާނީ ޑަންޑޭކަރުގެ އެންގޭޖްމަންޓް
ގޫގުލް
ފަރްޚާން އަޚްތަރު އާއި ޝިބާނީ
ފަރްޚާން އަޚްތަރު އާއި ޝިބާނީ އެންޖޭގް ކޮށްފި
ކައިވެނި ކުރާނެ ކަމަށް ބެލެވެނީ އަންނަ ޖޫންމަހު
ފަރްހާންގެ ކުރީގެ ކައިވެނި ވަނީ ރޫޅިފައި

ބޮލީވުޑް އެކްޓަރ އަދި ފިލްމް މޭކަރ ފަރްޚާން އަޚްތަރު އާއި އޭނާގެ ލޯބިވެރިޔާ ޝިބާނީ ޑަންޑޭކަރުގެ ލޯބީގެ ގުޅުމަށް އެއް އަހަރު ފުރިފައިވާއިރު ދާދި ފަހުން އެދެމީހުން އެންޖޭގް ކޮށްފިއެވެ.

އެގޮތުން އެންމެ ފަހުން ވަނީ ދެ މީހުންގެ އަތުގެ ފޮޓޯއެއް ނަގާ އެންޖޭގްމަންޓް ރިންގް ދައްކާލާފައެވެ.

ފަރުހާން ރައްޓެހިވެގެން އުޅޭ ކަމަށް ސޯޝަލް މީޑިޔާގައި އާއްމުކޮށްފައި ވަނީ ޝިބާނީ ޑަންޑޭކަރު އާއި އެވެ. ދެ މީހުން އެކުގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް އިންސްޓަރގްރާމުގައި ޕޯސްޓްކޮށްފައި ހުރެއެވެ. އެގޮތުން ފަރުހާނު ކޮށްފައިވާ ޕޯސްޓަކަށް ޝިބާނީ ވަނީ އޭނާވެސް ދެން އެންމެ ކުރާ ހިތްވާ ކަމަކީ ކައިވެނިކުރުން ކަމަށް  ބުނެފައެވެ. އެހެންކަމުން މިދެތަރިންގެ ކައިވެނި ވަރަށް އަވަހަށް ކުރެވިގެންދާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

ދާދި ފަހުން މި ދެމީހުންގެ ގުޅުމަށް އެއް އަހަރު ފުރުނުކަން ދޭހަވާ ގޮތަށް ފޮޓޯތަކެއް ހިއްސާކޮށްފައިވެއެވެ. އެ ފޮޓޯގެ ކެޕްޝަންގައި ފަރްޚާން އަދި ޝިބާނީ ލިޔެފައިވަނީ "ތްރީ ސިކްސް ފައިވް" އެވެ. ފަރްޚާން އޭނާގެ ފޮޓޯގެ ކެޕްޝަން އާއި އެކު ޖަހާފައިވަނީ ޓްރޮފީ އިމޯޖީއެކެވެ. އަދި ޝިބާނީގެ ފޮޓޯގައި ކެޕްޝަންއާއި އެކު  އޭނާ ޖަހާފައިވަނީ ގަން އަދި ހާޓް އިމޯޖީ އެކެވެ.

އެހެންކަމުން މި ދެތަރިން ކައިވެނި ކުރާނެ ތާރީހަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

ފަރްހާން އަހްތަރުގެ 16 އަހަރުވީ ކައިވެނި ނިމުމަކަށް އައިސްފައިވަނީ އޭޕްރިލް 2017 ވަނަ އަހަރުގައެވެ. އޭނާގެ ކުރީގެ އަންހެނުން އަދްނާ ބަބާނީގެ ކައިވެނި ނިމުމަކަށް އައިސްފައި ވަނީ ދެ މީހުންގެ ދޭތެރޭގައި މައްސަލަތަކެއް ޖެހި، އެކަންކަން ހައްލު ނުވެ އެންމެ ފަހުން ވަކިވާން ދެ މީހުން އަމިއްލަ އަށް ނިންމުމާ ގުޅިގެންނެވެ.

ފަރްހާނަކީ މަޝްހޫރު ޅެންވެރިޔާ އަދި ސްކްރީން ރައިޓަރު ޖާވިދް އަހްތަރުގެ ދަރިއެކެވެ. ފަރްހާންގެ މައިންބަފައިންގެ ކައިވެނި ވެސް ރޫޅިފައިވާ އިރު، އޭނާގެ ބައްޕަ މިހާރު ކައިވެނިކޮށްގެން އުޅެނީ ބަތަލާ ޝަބާނާ އަޒްމީ އާ އެވެ.

ފަރްހާން އާއި އަދްނާގެ ކައިވެނި ރޫޅުނު އިރު އެ ދެ މީހުންނަށް ދެ އަންހެން ކުދިން ލިބިފައިވެ އެވެ.

ވަރިޔަށް ފަހު ދަރިން ތިބޭނެ ކަމަށް ކޯޓުން ނިންމާފައިވަނީ އަދޫނާ ކައިރި އެވެ. އަދި ފަރްހާން ބޭނުން ކޮންމެ އިރަކު އޭނާގެ ދެކުދިންނާ ބައްދަލު ކުރެވޭނެ ކަމަށް ވެސް ކޯޓުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް