އައިޝްވަރިޔާ ރާއީ ބަޗަން އާއި އަބީޝެކް ބަޗަން އަކީ ބޮލީވުޑްގެ ޖޯޑު ތަކުގެ ތެރެއިން ފޭނުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައި ދެމަފިރިންނެވެ.
އެ ދެމީހުންގެ ޝޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކާއި އެހެނިހެން ހަފްލާތަކުގައި ވެސް ނަގާފައިވާ ފޮޓޯތައް އިންޓަނެޓްގައި ވައިރަލް ވެގެންދެއެވެ.
ނަމަވެސް މި ޖޯދު އެކުގައި ފިލްމަކުން ނުފެންނަތާ ޒަމާންތަކެއް ވަނީ ވެގެން ގޮސްފައެވެ.
މިޑް ޑޭގައި ރިޕޯޓް ކޮށްފައިވާ ގޮތުން ސަންޖޭލީލާ ބަންސާލީގެ ދެން އަންނަން އޮތް ފިލްމް ކަމަށްވާ ޝާހިރު ލުދިއާންވީގެ ބައޯޕިކްގައި މި ޖޯޑު ފެނިގެން ހިނގައިދާނެއެވެ.
މި ފިލްމްގައި އަބީޝެކް ފެނިގެންދާނީ ޝާހިރު ލުދިއާންވީ (ބޮލީވުޑް ލަވަތަކުގެ ޅެން ހަދާ
ޅެންވެރިއެއް) ގެ ރޯލުންނެވެ.
އަދި އައިޝްވަރިޔާ ފެނިގެންދާނީ ޕަންޖާބީ ޅޭންވެރިއެއްގެ ރޯލުންނެވެ.
ޝާހިރު އާއި އަމްރީތާގެ ލޯބީގެ ވާހަކައަށް ބަންސާލީ ފިލްމެއް ތައްޔާރު ކުރުމަށް ނިންމިތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
އަމްރީތާގެ ރޯލުކުޅޭނެ ކަމަށް ގިނަ ތަރިންތަކެއްގެ ވާހަކަ ވަނީ ދެކެވިފައެވެ. އޭގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާވެސް ހިމެނެއެވެ. މީގެ އިތުރުން ބަންސާލީގެ ތިން ފިލްމަކުން ފެނިގެން ގޮސްފައިވާ ދިޕިކާ ޕަދުކޯން ވެސް މި ރޯލަށް ހަމަޖައްސަން އުޅުންކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން ޝާހިރުގެ ރޯލަށް ޝާހުރުކް ޚާން ހަމަޖައްސަން އުޅުން ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.
މި ފިލްމާއި ގުޅޭގޮތުން އެއްވެސް ކޮންފަރމެޝަނެއް ދިފައި ނުވި ނަމަވެސް ސަލްމާން ޚާން އާއި އެކު ބަންސާލީ ފިލްމެއް ހަދަން އުޅޭކަން ވަނީ ޔަގީންކޮށްދީފައެވެ.