ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 01:02
މާކް ޓެއިލަރ
މާކް ޓެއިލަރ
މުހައްމަދު ޝަރުހާން
އައިސިސް ޖަމާޢަތް
މާކްގެ ރައްޔިތުކަން އަތުލުމުގެ ވިސްނުމެއް ނެތް، ދައުވާ ކުރާނަން: ނިއުޒިލޭންޑްގެ ބޮޑުވަޒީރާ
މާކް އައިސިސް އާއި ގުޅިފައިވަނީ 2014 ވަނަ އަހަރު

އައިސިސްގެ ނަމުން މަޝްހޫރުވެފައިވާ ހަނގުރާމަވެރި ޓެރަރިސްޓް ޖަމާޢަތް، ދައީޝްއާ ގުޅުނު ނިއުޒިލޭންޑަށް ނިސްބަތްވާ މީހާގެ އަތުން އެ ޤައުމުގެ ރައްޔިތުކަން އަތުނުލާނެ ކަމަށާއި، ނަމަވެސް އޭނާ ޤައުމަށް އެނބުރި ގޮސްފިނަމަ އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރާނެ ކަމަށް ނިއުޒިލޭންޑްގެ ބޮޑުވަޒީރާ ޖެސިންޑާ އާޑަރން ވިދާޅުވެއްޖެއެވެ.

މާކް ޓެއިލަރ ކިޔާ އެ މީހާ ދަޢީޝް ޖަމާއަތާއި ގުޅިފައިވަނީ 2014 ވަނަ އަހަރުއެވެ. ސީރިއާއިން މިހާރު އޭނާ ހައްޔަރުކޮށްފައިވާއިރު، ސީރިއާގެ އުތުރުގައި ކުރުދީންގެ ބާރުގެ ދަށުގައިވާ ޖަލެއްގައި އިނދެ، އޮސްޓްރޭލިއާގެ އޭބީސީ ނޫހާއި ވާހަކަ ދައްކަމުން، މާކް ބުނެފައިވަނީ އެނބުރި ޤައުމަށް ގޮސްފިނަމަ ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހޭނެކަން އޭނާއަށް ޤަބޫލުކުރެވޭ ކަމަށެވެ.

މާކްގެ މައްސަލައިގައި ބޮޑުވަޒީރާ ޖެސިންޑާ ވިދާޅުވީ، މާކް އޭނާ އެނބުރި ނިއުޒިލޭންޑަށް ދިއުމަށް އެ ޤައުމުގެ ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށާއި، ނަމަވެސް އޭނާ ޤާނޫނާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ނިއުޒިލޭންޑަށް ނިސްބަތްވާ މަދު އަދަދެއްގެ ބަޔަކު ދައީޝް ޖަމާއަތާއި ގުޅިފައިވާ ކަމަށާއި އެހެންކަމުން، އޭގެން މީހަކު އެނބުރި ނިއުޒިލޭންޑަށް ދާން ބޭނުންވެއްޖެ ނަމަ ކަންކުރާނެ ގޮތާއި މެދު ސަރުކާރުން މީގެ ކުރިންވެސް ވިސްނާފައިވާ ކަމަށެވެ.

ދައީޝް ޖަމާއަތުގެ ބާރުކެނޑި އެ ޖަމާއަތާއި ގުޅިގެން ތިބި އެކި ޤައުމުތަކުގެ ރައްޔިތުން އެނބުރި އެމީހުންގެ ޤައުމުތަކަށް ދާން މަސައްކަތް ފަށާފައިވާއިރު، ނިއުޒިލޭންޑްގެ އިތުރުން އޮސްޓްރޭލިއާ އާއި އިނގެރޭސިވިލާތް އަދި އެމެރިކާއަށްވެސް ވަނީ އެކަމާއި ގުޅުންހުރި ޤާނޫނީ އަދި ސަލާމަތީ ހުރަސްތަކާއި ކުރިމަތިލާން ޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
5 މާރޗް 2019 | އަންގާރަ 05:36
އަހްމަދު
އަދި ރާއްޖޭ މީހުން ތައް ވެސް އަނޫ