Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 04:22
އައިޖީއެމްއެޗް: ކުޑަކުއްޖާގެ އޮޕަރޭޝަން ކުރީ އައިޖީއެމްއެޗްގައި
އައިޖީއެމްއެޗް: ކުޑަކުއްޖާގެ އޮޕަރޭޝަން ކުރީ އައިޖީއެމްއެޗްގައި
އަޒުމޫން އަހުމަދު
ކަރުގައި ރުފިޔާއެއް ތާށިވުން
ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި
ކުއްޖާގެ އޮޕަރޭޝަނަށް 30 މިނިޓް ހޭދަވި
އޮޕަރޭޝަން ކުރީ އައިޖީއެމްއެޗްގައި
މާލެ ގެނައީ ރުފިޔާ ފޮތި ނެގޭނެ ގޮތެއް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ނެތިގެން

ކުޑަކުއްޖެއްގެ ކަރުގައި ތާށިވި ރުފިޔާ ފޮތި ނަގައިފިއެވެ.

އެރުފިޔާފޮތި ނަގާފައިވަނީ އާދީއްތަ ދުވަހު ހެނދުނު އައިޖީއެމްއެޗްގައި ކުރި ގާތްގަނޑަކަށް 30 އަކަށް މިނިޓްގެ އޮޕަރޭޝަނަކަށް ފަހުކަމަށް އާއިލާއިން ވަނީ ބުނެފައެވެ. 

ރުފިޔާފޮއްޗެއް ކަރުގައި ތާށިވެގެން މާލެ ގެނައީ ށ. ފޭދޫ އުމުރުން 2 އަހަރުގެ ކުއްޖެކެވެ. އެކުއްޖާ ފުރަތަމަ ގެންދެވުނީ އެރަށު ސިއްހީ މަރުކަޒަށެވެ. އަދި އޭގެ ފަހުން ވަނީ އެއަތޮޅު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ކުޅުދުއްފުށީ ރީޖަނަން ހޮސްޕިޓަލްގެ މީޑިޔާ އޮފިޝަލް ފާތިމަތު ހަސަން ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވީ އެ ކުއްޖާއަށް އެކަށީގެންވާ ފަރުވާއެއް ހޮސްޕިޓަލުން ދެވޭނެ ގޮތެއް ނެތިގެން މާލެ ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

މީޑިޔާ އޮފިޝަލް ވިދާޅުވީ މާލެ ގެންދަން ޖެހުނީ އޮޕަރޭޝަން ޑޮކްޓަރު ޗުއްޓީގައި ހުންނެވުމުން ދެވޭނެ ފަރުވާއެއް ނެތިގެން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
20 ފެބްރުއަރީ 2017 | ހޯމަ 01:12
އަލީ
ހުރިހާވެސް މައްސަލައަކީ ރުފިޔާ ފޮތި އުފައްދާ އާއްމުންގެ އަތައް ރުފިޔާ ފޮތި އަރާތީ.. ސިއްހީ ދާއިރާ ހަމަ ބަރާބަރު ސަރަހައްދުގެ އެއްވަނަ